ޚަބަރު
މިސްކިތް ބިނާކުރުމަށް އެދޭ ވިޔަފާރިވެރިންނަށް ބިން ހަމަޖައްސައި ދިނުމާއި، އިތުރު ފަސޭހަތަކާއި އެކު ފުރުސަތު ހުޅުވާލައިފި

ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތްބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފަސޭހަތަކާއި އެކު ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި، އެކަކަށް ވުރެ ގިނަމީހުން މެދުވެރިވެގެން މިސްކިތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް ބިން ހަމަޖައްސައި ދިނުމާއި އަދި އެނޫންވެސް ލުއި ފަސޭހަތަކަކާއި އެކު ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީންވަނީ ނިންމާ. މިގޮތުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަން -ޑރ ޝަހީމް-

ރާއްޖޭގެ އެކި ރަށްރަށުގައި ވިޔަފާރިވެރިން މިސްކިތް ބިނާކުރުމަށް ބޭނުންވެގެން ހުށައެޅިޔަސް ގިނަ އުދަގޫތަކެއް ދިމާވެއެވެ. އަދި ބިންހަމަ ނުޖެހި ބައެއްފަހަރު މިސްކިތް އެޅުން ހުއްޓުމަކަށްވެސް އާދެއެވެ.

އިސްލާމިކް މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން ރާއްޖޭގައި މިސްކިތް ބިނާކުރުމަށް އެދޭ ފަރާތްތައް ވަނީ ފަހި ފުރުސަތެއް ހުޅުވާލެވިފައެވެ.

އަދި މިފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީން ނިންމާ ނިންމުންތަކަށް ގިނަބައެއްގެ ތައުރީފް ލިބޭކަން ފާހަގަކުރެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!