ޚަބަރު
ނައިބު ރައީސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ.) ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްއާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރިޔަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޑަބްލިޔު.އެޗް.އޯ.ގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލުމަށްޓަކައި އެ ޖަމުޢިއްޔާއަށް އެ މަނިކުފާނު ޝުކުރުއަދާކުރައްވައި، މި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ނަމަވެސް، އަދިވެސް މި ދާއިރާއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިޔަށްމިދާ ފަސް އަހަރުގެ ދައުރަކީ މިފަދަ އެންމެހާ ގޮންޖެހުންތައް ގިރާކުރުމާއެކު ފެންވަރު ރަނގަޅު، އިތުބާރު ހިފޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ފަސް އަހަރު ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޞިއްޙީ ފަރުވާ ހަރުދަނާ ކުރުމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޞިއްޙީ ފަރުވާގެ އަމާޒުތައް ހާސިލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ފަށާފައިވަނީ 1950ގެ އަހަރުތަކުގައެވެ. އަދި އެ ޖަމުޢިއްޔާގެ އޮފީހެއް ރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1965 ގައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!