ޚަބަރު
އިންޑިއަން އައިޑޮލް 12 ޕަވަންދީޕް ކާމިޔާބު ކޮށްފި

މިހާރު ކުރިއަށްދާ އިންޑިއަން އައިޑަލް ސީޒަން 12 ޕަވަންދީޕް ރާޖަން ކާމިޔާބު ކޮށްފިއެވެ.

އިންޑިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް ލިބިގެންދާ ފަޚުރުވެރި އިންޑިއަން އައިޑޮލްގެ ތަށީގެ އިތުރުން، ފައިސާގެ އިނާމެއްގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް ވަނީ މިރޭ ޕަވަންދީޕް އާއި ހަވާލު ކޮށްފައެވެ. މީގެ އިތުރުން ޕަވަންދީޕް އަށް ވަނީ ސްވިޓް ބްރޭންޑުގެ ކާރެއްވެސް ލިބިފައެވެ.

އިންޑިއަން އައިޑޮލްގައި ބައިވެރިވެފައިވާ ބައިވެރިންގެ ތެރެއިން ޕަވަންދީޕަކީ ފެށުނީއްސުރެ، ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިިފައިވާ ފަރާތެކެވެ. ލަވަކިޔުމުގެ ހުނަރުގެ އިތުރުން، މިޔުޒިކް ކުޅުމަށް ބޭނުންކުރާ ހުރިހާ އިންސްޓްރޫމަންޓެއް ފަސޭހަކަމާއި އެކު ޕަވަންދީޕަކަށް ކުޅެލަން އެނގުމުގެ އިތުރުން، ޕަވަންދީޕުގެ އާދައިގެ ސާދާ ޝަޚުސިއްޔަތު ވަރަށްގިނަ ބަޔަކަށް ކަމުދެއެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުންގެ ޕެނަލުގައި އެކުލެވެނީ، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންނާއި، މިޔުޒިކް ހަދާ ފަރާތްތަކެވެ. މިގޮތުން މިމުބާރާތުގައި ޖަޖުންގެ ގޮތުގައި ކުރިން ޙަރަކާތްތެރި ވެފައި ވަނީ، .ނިހާ ކައްކަރު، ހިމޭޝް ރޭޝަމިޔާ އަދި ވިޝާލް ދަދްލާނީއެވެ. މުބާރާތުގެ މިހާރު ޖަޖުންގެ ޕެނަލުގައި މަސައްކަތް ކުރަމުން އަންނަނީ، ސޯނޫ ކައްކަރު، އަނޫ މަލިކު އަދި ހިމޭޝް ރޭޝަމިޔާއެވެ. ޝޯވް ހޯސްޓް ކުރަމުން އަންނަނީވެސް ލަވަކިޔުންތެރިޔެއް ކަމުގައިވާ އަދިތްޔާ ނާރާޔަން އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!