ޚަބަރު
2024 ދައުލަތުގެ ބަޖެޓް: ބަހުސްކުރުން ނިންމައި މަޖިލިހުން މިއަދު ފާސްކުރާނެ

2024 އަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ނިންމައި، މިއަދު ބަޖެޓް މަޖިލިހުން ފާސްކުރާނެއެވެ.

އިއްޔެ ބަޖެޓް ބަހުސް މަޖިލިސް ތަޅުމުގައި ވަނީ ނިންމާލާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހުއެވެ. ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަަރަށް ސަރުކާރުން 2022 ވަނަ އަހަރު ހުށަހެޅި 42.6 ބިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލިހުގައި ބަޖެޓް ބަހުސަށް ދެދުވަސް ހޭދަކޮށް، އިއްޔެގެ މަޖިލިސް ޖަލްސާގައި ބަޖެޓް ބަހުސް ނިމުނީކަން ހާމަކޮށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވީ، ބަޖެޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!