ޚަބަރު
ނޫސްވެރިޔާ ޝަހީބު, ރައީސް އޮފީހުގެ ތަރުޖަމާނަކަށް

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް، އަދި ނޫސްވެރިޔާ މުހައްމަދު ޝަހީބު ޢައްޔަނު ކުރަށްވައިފިއެވެ.

ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝަހީބު ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ޢައްޔަނު ކުރަށްވާފައިވަނީ މިއަދުއެވެ.

ނޫސްވެރިކަމުގެ ރޮނގުން މުޙަންމަދު ޝަހީބު މަސައްކަތް ކުރައްވަން ފެށްޓެވީ، 1989 ވަނަ އަހަރުއެވެ. މި މަސައްކަތް ފެށްޓެވިއިރު، ޝަހީބު ހުންނެވީ ކޮޅުނބުގައި ކަމަށްވުމުން، ފުރަތަމަ މަަސައްކަތް ކުރެއްވީ، ކޮޅުނބުގައި ހުންނަ “ހަވީރު”ގެ ޚާއްޞަ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން “ހަވީރު”ގެ ރިޕޯޓަރެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. ފާއިތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި، “ހަވީރު” ނޫހުގެ ތަފާތު މަޤާމުތައް ޝަހީބު ވަނީ ފުރުއްވާފައެވެ. އެ މަޤާމުތަކުގެ ތެރޭގައި، ސަބް އެޑިޓަރުކަމާއި، އެސިސްޓެންޓް އެޑިޓަރުކަމާއި، ސީނިއަރ އެސިސްޓެންޓް އެޑިޓަރުކަން ހިމެނެއެވެ. މިހާރު ޝަހީބަކީ، “ހަވީރު”ގެ ސްޕޯޓްސް އެޑިޓަރެވެ. މީގެ އިތުރުން ޝަހީބަކީ، ހަވީރުގެ ފަރާތުން ނެރޭ “ހުވާސް” މަޖައްލާގެ އެޑިޓަރުވެސްމެއެވެ.

މިހާރު ޝަހީބަކީ، “އަދިވެސް” އޮންލައިން ނޫހުގެ ސީއީއޯވެސް މެއެވެ. ނޫސްވެރިކަމުގެ ދިގު ތާރީހެއް އޮތް ޝަހީބު ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ މަޤާމް ޝަހީމް އަދާކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ ވޯކްޝޮޕްތަކާއި ކްލާސްތައްވެސް ކުރިއަށް ގެންދެވިއެވެ.

ނޫސްވެރިކަމުގެ މަސައްކަތް މެދުނުކެނޑި ކުރައްވާތާ އެންމެ ގިނަދުވަސްވީ ނޫސްވެރިންގެ ތެރޭގައި، މުޙަންމަދު ޝަހީބު ހިމެނިވަޑަައިގަންނަވައެވެ. ދިވެހި ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަމާއި، “ހަވީރު”ގެ ރަންގަލަން، ޝަަހީބަށް ލިބިވަޑައިގެނެްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!