ޚަބަރު
ޒުވާނުން ތަމްރީންކުރުމާއިގުޅޭ ޕްރޮގްރާމެއް ޔޫތު މިނިސްޓްރީއިން ފަށަނީ

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއިގުޅޭ ޕްރޮގްރާމެއް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީއިން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ14 މަގުޗާޓުގައިވާ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ޒުވާނުންނަށް ކުރިއަށްދެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ޔޫތުމިނިސްޓްރީން ވަނީ މިޕްރޮގްރާމާއިގުޅޭ އެމްއޯޔޫ އެއްގައި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީ އާއިއެކު މިއަދު ސޮއިކޮށްފައެވެ. މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލު ވުމެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒުއެވެ. މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރޕާސަން އަލީ ރިޝްވާން އެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ މަޤްޞަދަކީ ފައިން އާރޓްސްގެ ދާއިރާއިން ކުރިއަށްގެންދާ އެމްކިޔުއޭ ސެޓިފައިޑް ކޯސްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އާރޓިސްޓުންގެ ހުނަރު ބައިނަލް އަޤްވާމީ މައިދާނުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން މިދާއިރާއިން ހިންގާ ކޯސްތަކުގައި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!