ޚަބަރު
ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައިފި

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ވައިސް ޗީފްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ހިލްމީ މިއަދު އައްޔަންކޮށްފައި ވާއިރު، މީގެ ކުރިން އޭނާ ހުންނެވީ ކޯސްޓްގާޑްގެ ކޮމާންޑަރުގެ މަގާމުގަ އެވެ.

ވައިސް ޗީފްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމުން ވައިސް ޗީފްގެ މަގާމު އޮތީ ހުސްކޮށެވެ.

އެމްއެންޑީއެފް ގެ އިސް މަޤާމަށް މި ބަދަލު ގެނެވި އިރު އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ދެ މޭޖާ ޖެނެރަލުން ކަމުގައިވާ މޭޖާ ޖެނެރަލް ވައިސް ވަހީދާއި މޭޖާ ޖެނަރަލް ހާމިދު ޝަފީޤް އިއްޔެ ވަނީ ހިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ޢިބާރާތް ޙިލްމީ އަކީ ގދ ތިނަދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ފާހަގަ ކުރެއެނީ ވަރަށް ގިނަ ދުވަހު އެމްއެންޑީއެފްގެ ވަޒީފާ ގައި ހުންނެވި ވަރަށް ޤައުމީ ޝަޚްޞެއްގެ ގޮތުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!