ޚަބަރު
ކެންސަރުގެ ބަލިމީހަކަށް ގުޅުއްވައި ހީނާ، ދެއްވީ ފަރުވާ ކުރިއަށް ގެންދިއުމަށް އެހީ ވާނެކަމުގެ ޔަގީންކަން

ކެންސަރަށް ފަރުވާ ހޯދަމުންގެންދާ އައްޑޫ ސިޓީ ފޭދޫ މީހަކަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ގުޅުއްވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވައިފިއެވެ.

އުރަމަތީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދާ ފާތިމަތު ޝާމިލާއަށް ހީނާ ގުޅުއްވީ މީސް މީޑިއާގައި ދައުރުވަމުންދިތަ ޕޯސްޓެއް ފެނިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ހީނާ ވިދާޅުވީ، އޭނާ އިއްޔެ ޝާމިލާއަށް ފޯނުން ގުޅާ ހާލު އޮޅުންފިލުވާފައިވާ ކަަމަށެވެ.

“ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުވިން. އަދި އެގޮތަށް އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނިން،” ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

“ކޮންމެ ބޭފުޅެއްގެވެސް އަޑުއަހާނަން. އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނަން،” ހީނާ ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!