ޚަބަރު
ރިޔާސީ ވައުދު ފުއްދުން: އިންޑިޔާއާއި އެކުވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާއިއެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް މި ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ޖޫން 7 ގައެވެ.

މިއީ އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށި ސަރވޭއެކެވެ. މި ސަރވޭގައި ރާއްޖޭގެ ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރާކަމަށާއި، އަދި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްވެސް މި ސާވޭގެ ބޭނުން ކުރާކަމަށް ސަރުކާރުން އޭރު ބުންޏެވެ.

މީގެ އިތުރުން މި ސާވޭގައި ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް ޓައިޑްޕޯލް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ރަށްތަކުގެ ކޯސްޓްލައިން ކުރެހުމުގެ އިތުރުން ރާއްޖޭގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއެއް ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރުއެވެ. ޖޮއިންޓް ހައިޑްރޮގްރެފިކްގެ ދެވަނަ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 2022 އަހަރު މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

ރާއްޖޭގެ އުތުރު ސަރަހައްދުގައި، މިއަހަރުގެ ޖެނުއަރީ 19 އިން އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށްވެސް ސަރވޭއެއް ކުރިއަށް ގެންދިޔައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!