ރިޕޯޓް
ތިނަދޫ އުތުރު ދާއިރާ މަޖިލީސް ގޮނޑިއަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް!

މި މަހުގެ 23 އަކީ ސިޔާސީ ގޮތުން ބޮޑު ދުވަހެކެވެ. އެއީ މިހާރު ވެރިކަން ކުރާ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް ގޮނޑިތައް ކަށަވަރު ކުރުމަށް މުޅި ރާއްޖޭގައި ބާއްވާ ޕީޕީއެމް ޕީއެންސީ ގެ ޕްރައިމަރީ ވޯޓުލުން އޮންނަ ދުވަހެވެ. އެހެން ފަހަރު ތަކާ ޚިލާފަށް ވަރަށް ފުޅާ ދާއިރާ އެއްގައި ކުރިޔަށް ގެންދާ މި އިންތިޚާބު ގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ.

ލިއުޝާ :ތިނަދޫ ކައުނަސިލް ބައްދަލުވުމެއްގައި.

މާލެއާއި ރާއްޖޭގެ އެކި ރަށް ތަކާއި ސިޓީ ތަކުގައި ވަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ 2 ދާއިރާ ފައިވެސް ވަނީ ވަރަށް ފޯރީގައި ޙަރަކާތްތައް ފަށާފައެވެ.

ގދ ތިނަދޫ ދެ ދާއިރާ އަށް ބަލާ އިރު ދެކުނު ދާއިރާއަށް ކުރިމަތި ލައްވައިގެން ތިއްބެވީ މުޅިން ވެސް ފިރިހެން ބޭފުޅުންނެވެ. އެ ދާއިރާ އަށް 5 ބޭފުޅުން ވާދަ ކުރައްވައެވެ. އެއާ ޚިލާފަށް ތިނަދޫ އުތުރު ދާއިރާ އަށް ކުރިމަތި ލައްވާ ފައިވާ ބޭފުޅުންގެ އަދަދު މަދެވެ. އުތުރު ދާއިރާ އަށް 4 ބޭފުޅުން ވާދަ ކުރައްވާއިރު އޭގެ ތެރެއިން 2 ބޭފުޅުންނަކީ އަންހެން ކަނބަލުން ނެވެ.

ސެނެޓް މެމްބަރު ސޫދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އެކު

މިއީ ތިނަދޫ އަށް ވިސްނާ އިރު ވަރަށް ތާރީޚީ ކަމެކެވެ. ރާއްޖޭގެ ރައްޔިތުން ގެ މަޖިލިސް ދާއިރާ ތައް އަތޮޅު ތަމްސީލު ކުރާ ގޮތަށް އޮތް ނިޒާމު ބަދަލު ވުމަށް ފަހު ދާއިރާ ތަކުން މެމްބަރުން ހޮވަން ފެށި ފަހުން, މިއީ ތިނަދޫ އުތުރު ދާއިރާ އަށް އަންހެން ކަނބަލުން ކުރިމަތި ލައްވާ ފުރަތަމަ ފަހަރުއެވެ. ނަމަވެސް މީގެ ކުރިން 2005 ވަނަ ގދ އަތޮޅަށް ހަފީޒާ އަފީފް އަދި 2019 ގައި ތިނަދޫ ދެކުނު ދާއިރާއަށް ޒިފްލީން ޙަސަން ވަނީ ތިނަދޫ އަށް ނިސްބަތްވާ ސިޔާސީ ކަނބަލުންގެ ގޮތުގައި ވާދަ ކުރައްވާފައެވެ.

ކައުންސިލް މެމްބަރު ލިއުޝާ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަގުމަތީ ހަރަކާތުގައި

ގދ ތިނަދޫ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް ތަޚުތު ވެވޭތޯ މަސައްކަތް ކުރައްވާ 2 ބޭފުޅުންނަކީ ގދ ތިނަދޫ/ޓޮންގާ ސޫދާ އަބްދުﷲ އާއި ގދ ތިނަދޫ ތޭޓީފޯ/ ޢާއިޝަތު ލިއުޝާ ޒުބައިރު އެވެ.

ސިޔާސީ މައިދާނުގައި ވަރަށް ގިނަ ބަޔަކު ދަންނަ ސޫދާ އަބްދުﷲ(ގދ ތިނަދޫ/ޓޮންގާ) ޢާންމު ނަމުން ނަމަ ސޫދާ ސިޔާސީ ދާއިރާއަށް ވެންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް އުފެއްދެވި ޑީއާރުޕީގެ ދޮރޯށީންނެވެ. އެމްޑީޕީގެ އެންމެ ހަލަބޮލި ދުވަސްވަރުއެވެ. 2010 ވަނަ އަހަރު ކުރީކޮޅެވެ. ނަމަވެސް ޕީޕީއެމް އުފަންވެ، ރައީސް ޔާމީނަށް ރައީސް ކަމުގެ މަޤާމަށް ގެންނެވުމަށް މުޅި ޕާޓީ ކުރި ހުރިހާ މަސައްކަތެއްގައި އެއްވެސްވަރަކަށް ފަސްޖެހި ވަޑައިގެންނެވުމެއް ނެތި ކުރިޔަށް ވަޑައިގަންނެވިއެވެ. އެތައް ބައެއްގެ ފުރައްސާރައަށް ކެތްތެރިކަން އިސްކުރައްވައިގެންނެވެ.

ޕީޕީއެމް ޕީއެންސީގެ ސެނެޓަރ ސޫދާ ރައީސް ޑރ މުއިއްޒު އަދި އަނބިކަބަލުން މެޑަމް ސާޖިދާ އާއި އެކު

އޭރުއްސުރެ މިއަދާ ހަމަޔަށް ޕީޕީއެމްގެ ފިކުރުގައި ޕީއެންސީ އާއި ގުޅި ލާމެހިގެން ހުންނެވި ސޫދާއަކީ މިހާރު ޕީޕީއެމް ޕީއެންސީ ގެ ސެނެޓް މެންބަރެވެ. ޚާއްޞަ ކޮށް އެ ކަމަނާއަކީ ޕީއެންސީ ވުޖޫދަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހަމަ އެހެންމެ ރައީސް ޔާމީން ޖަލުގައި އޮންނެއި ދުވަސްވަރުގެ ތެރެއިން 180 ދުވަސް ވަންދެން ހުއްޓުމެއްނެތި މަގުމަތީގައި އެކި އަނިޔާތައް ތަޙައްމަލް ކުރެއްވި އެއް ބޭފުޅާވެސްމެއެވެ. ސޫދާ އަކީ ޕީޕީއެމް ޕީއެންސީ އަށް އިތުބާރު ކުރެވޭ ޝަޚުސެކެވެ. ސޫދާ މިއަދު އެ ހުންނެވީ ކުރިޔަށް ޕީޕީއެމް ޕީއެންސީ ގެ ޕްރައިމަރީ އަށް ނުކުމެ ވަޑައިގެންނެވެ އަމިއްލަ އުފަން ރަށުގެ ޙައްޤު ގައި ވަކާލާތުކުރައްވަން ފިސާރި ތައްޔާރުވެ ވަޑައިގެންނެވެ.

ކައުންސިލް މެމްބަރު ލިއުޝާ ސިޔާސީ ހަރަކާތެއްގައި

ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ދެވަނަ އަންހެން ކަނބަލަކީ ތިނަދޫ ގައި ހިންގުން ސިޔާސީ ހަރަކާތް ތަކުން ވަރަށް ބޮޑަށް ފާހަގަވި ޒުވާން ކަނބަލެކެވެ. ޕީޕީއެމް ފިކުރު ގެ އާއިލާ އަކުން ފާހަގަވި ދެ ގޮތެއް ނުވާ ބޭފުޅެކެވެ. ޢާއިޝަތު ލިއުޝާ ޒުބައިރުގެ ފަރާތުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ރައީސް ޔާމީން ވެރިކަން ގެންނެވުމަށް އަމިއްލަ ގޭގައި އޮފީސް ހައްދަވައި އާއިލާގެ އެހީތެރިކަން ހޯއްދަވައިގެ ހުރިހާ ޚަރަދުތައް ޕާޓީ އަށްޓަކައި ކުރެއްވި ޕާޓީ ރޫޙުގެ ބޭފުޅެއްގެ ގޮތުގައެވެ. މަގު ތަކުގައި ޕާޓީން ކުރި ހުރިހާ އެއްވުންތަކާ މުޒާހަރާ ތަކުގައި ހުންނެވީ ޕާޓީ އަށް ހުންނެވި ލޯތްބެއްގެ ބޮޑު ކަމުންނެވެ.

މި އަހަރު ފަހުކޮލު އެކުލަވާލި، ޕީޕީއެމް ޕީއެންސީގެ ސްޓެއަރިންގ ކޮމިޓީ އިންތިޚާބާ ހަމަޔަށް އެކަން އެގޮތަށް ކުރެއްވި އެވެ. ލިއުޝާ އަކީ ޕީޕީއެމް ޕީއެންސީ އަށް ވަފާތެރި ބޭފުޅެއްކަމުގެ އެންމެ ބޮޑު ހެއްކަަކީ 2008 ވަނަ އަހަރުން ފެށިގެން 100 ޕަސަންޓް އަޤުލަބިއްޔަތު ހޯދަމުން، ތާރީޚުގެ ތެރޭގައި ލިޔެވެމުން ދިޔަ ތިނަދޫ ކައުންސިލްގެ ގޮނޑި ހޯއްދެވި 3 ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިލެއްވި ބޭފުޅާއަށްވީކަމެވެ. ކައުންސިލުގެ 6 މެމްބަރުންގެ ތެރެއިން 3 ގޮނޑި ހޯއްދެވި ޕީޕީއެމް ލަޝްކަރުގެ އެންމެ އިސް ސާފު ގައި ހުންނެވި އެއް ބޭފުޅާއަށްވުމެވެ.

މިއަދު ވެސް އެ ކަމަނާ އެ ހުންނެވީ އެ ފިކުރު ގައި ބަދަލެއް ނައިސް ތިނަދޫ ކައުނަސިލްގެ މެމްބަރެއްގެ ގޮތުގައެވެ. އެ ކަމަނާވެސް އެ ދާއިރާ އަށް ނިސްބަތްވެ ވަޑައިގަންނެވާ، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިައަށް ވާދަ ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ކެރިގެން ހުރެ ނެންގެވި ފިޔަވަޅެކެވެ. ތިނަދޫ އަންހެން ކަނބަލުންނަށް ނުވަތަ އެ ދާއިރާ ގައި ސިޔާސީ ގޮތުން އެ ހިތްއްވަރު ހުރި ކަނބަލުން ތިއްބެވި ކަމުގެ ހެއްކެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކައުންސިލް މެމްބަރު ލިއުޝާ ގެ ކެމްޕެއިން ޕޯސްޓަރު

ކޮންމެއަކަސް މި ދެކަނބަލުން ވެގެން ގޮސްފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ތާރީޚުން ޖާގަ ހޯއްދެވި ވަރަށް ކެރޭ އަޒުމް ގަދަ ދެ ބޭފުޅުންނަށެވެ. ޒާތީ ގޮތުން ނަގާ ބިޔަ ރާޅު ތަކަށް ސިހުމެއްނެތި ސިޔާސީ ގޮތުން ފިރިހެން ބޭފުޅުންނަށް ދޫ ނުދެއްވައި ކުރިޔަށް ވަޑައިގެންނެވުމަށެވެ. މިއިން ކަނބަލެއް ދެން ފެށޭ ދައުރަށް ހޮވި ވަޑައިގެންފި ނަމަ ޔަޤީނުންވެސް ވެސް އެކަން ވެގެންދާނީ ދިވެހި ތާރީޚުގައިވެސް ލިޔެވުގެންދާނެ ކަމަށެވެ.

ގދތިނަދޫ ތޭޓީފޯ، ޢާއިޝަތު ލިއުޝާ ޒުބައިރު އަދި ގދ ތިނަދޫ ، ޓޮންގާ ، ސޫދާ އަބްދުﷲ ދެބޭފުޅުންވެސް ތިއްބެވި ޕްރައިމަރީގައި މޮޅުވާ ކެނޑިޑޭޓުގެ ފަހަތުގައި ޕާޓީއަށްޓަކައި މަސައްކަތް ކުރައްވަން ތައްޔާރުގައެވެ. އެއްވެސް ޒާތީ ކަމެއް ނެތި ކުރިޔަށް ވަޑައިގަންނަވަން އަތުކުރި އޮޅާލައްވައި ތައްޔާރަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!