ޚަބަރު
ވީ ވައުދު ރަނުން ރަނަށް, ސަރުކާރުންދޭ ހަރަދުގައި ބޯންމެރޯއަށް ފުރަތަމަ ކުއްޖާ ފުރައިފި، އިތުރު 4 ކުދިން އަންނަ މަހު!

ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިއަދު 01 ކުއްޖަކު ބޯންބެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ތެލަސީމިއާ ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހެލްތް މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިއަދު އެއް ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު ހަތަރު ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯންމެރޯ ހަދަން މިފަހަރު ފޮނުވީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, އެ ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންޖެހެ އެވެ.

ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް މިހާރު ލިބޭނެ ކަމަށް މިނިސްޓްރީން ބުންނެވެ.

ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބިގެންދާނެއެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!