ޚަބަރު
މަޑަވެލީގައި ކުރީގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައެއް!

ގދ މަޑަވެލީގައި ކުރީގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައެއް ބެލުމަށް ފުލުހުން އެރަށަށް ގޮސްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، ކުރީގެ އަނިބިމީހާއަށް ގެވެށިއަނިޔާ ކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށާއި، އެމައްސަލަ ބެލުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާކަމަކަށް ފުލުހުން މައުލޫމާތުދީފައި ނުވެއެވެ.

މަންޒަރުދުށް މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތުދިން ގޮތުގައި ރޭގެ ވަގުތެއްގައި އެފިރިހެންމީހާ އޭނާގެ ކުރީގެ އަނިބިމީހާއަށް އަނިޔާކޮށްފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އެރަށު ސިއްޙީމަރުކަޒަށް ދިޔައިރު ބަންދުކޮށްފައި ހުރުމުން ފަރުވާދެވިފައި ނުވާކަމަށެވެ. އަދި ސިއްޙީމަރުކަޒުގެ އެއްވެސް ފަރާތަކުން ފޯނަށް ޖަވާބުދީފައި ނުވާތީ ރޭގައި ނުދެއްކުނު ނަމަވެސް މިހާރު އެރަށު ސިއްޙީމަރުކަޒަށް ދައްކައި ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!