ޚަބަރު
“އެކްސަސައިޒް ޖައްރާފާ 2023,” މިއަދު ފަށައިފި: އެމްއެންޑީއެފް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)ގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންތަކާއި ހައިރައިޒާސް ސްޓޭންޑަރޑްސް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) އަށް އަހުލުވެރިވުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ “އެކްސަސައިޒް ޖައްރާފާ 2023” މިއަދު ފަށައިފިއެވެ.

އެކްސަސައިޒް “ޖައްރާފާ” ފެށުމުގެ ގޮތުން މިއަދު މާލޭ ފަޔަރ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއެވެ.

އެމްއެންޑީއެފް އެފްއާރުއެސްގެ ހުރިހާ ދާއިރާތަކެއްގައި މަސައްކުރާ ފަޔަރ ފައިޓަރުން ހިމެނޭހެން ކުރިއަށްގެންދާ މި އެކްސަސައިޒްގައި އެފްއާރުއެސްގައި ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކުރުވުމަށް، ތަފާތު ތަމްރީނުތަކާއި ޓޭބަލް ޓޮޕް އެކްސަސައިޒްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އުސް އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ފަރިތަކުރުންތައް ވެސް އެކްސަސައިޒްގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސަސައިޒްގެ މެއިން އިވެންޓްގެ ގޮތުގައި ބާއްވާ ތަމްރީނުތައް އޮންނާނީ މިއަދު 16:00 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާފްލެޓް ސަރަހައްދުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!