ޚަބަރު
މަކަރާއި ހީލަތުން ފައިސާ ހޯދާ އެކައުންޓް ނަންބަރުތަކެއް ހާމަކޮށްފި

ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ ބައެއްގެ އެކައުންޓް ނަމްބަރުތަކެއް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާއި މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާކަމަށްބުނާ އެކައުންޓް ނަންބަރުތަކެއް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓް ނަންބަރުތަކަކީ:

7730000304660
7730000089422
7730000042772
7730000364429
7730000203888
7770000000544

މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ވީހާވެސް އަވަހަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!