ޚަބަރު
ރުއިމަކީ ހީވެސްނުކުރާފަދަ ފައިދާހުރި ކަމެއް

ރުއިމަކީ އިންސާނާގެ ތަބީއަތުގައި ހަރުލާފައި ހުންނަ ތަފާތު ސިފައެކެވެ. ގިނަމީހުންނަށް ހީވެފައި އޮންނަނީ ރުއިމާއި ގުޅިފައިވަނީ ހިތާމަޔާއެވެ. ރޮވެނީ ދެރަވާ ކަމެއް ދިމާވުމުން ނުވަތަ ދެރަވާ ކަހަލަ ބަހެއް މީހަކު ބުނުމުންކަމަށެވެ. އެހެނަސް އެއީ ކުށްހީއެކެވެ.

ބައެއްފަހަރު މާބޮޑަށް އުފާވުމުން ވެސް ރޮވޭ މީހުން މަދެއް ނޫނެވެ. މިސާލަކަށް ބުނާ ނަމަ ފުރަތަމަ ފަހަރަށް ދަރިފުޅު ފެނުމުން ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރި ރަހްމަތްތެރިއަކާ ބައްދަލު ވުމުން އުފަލުން ގޮސް ރޮވޭ މީހުންވެސް އުޅެއެވެ.

ރުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ. އެހެންނަމަވެސް މިކަން ދަންނަނީ ވަރަށް މަދު ބަޔެކެވެ. “މިކަރުނަ ތިކިތަކުން ވަނީ ކޮން ފައިދާ އެއް ބާއޭ، މިއީ ހުސް ގެއްލުންދޭ ކަމެކޭ” ހިތަށް އަރާފަ ރުއިން ހުއްޓާލާ މީހުންވެސް އުޅެއެވެ. އެކަމަކު ޙަޤީޤަތުގައި ރުއިމުގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާއެއްކުރެއެވެ.

ފުރަތަމަ ކަމަކަށް، ކަމަކާއި މާބޮޑަށް ހިތް ދަތިވެ ފިކުރު ބޮޑު ވެގެން ރޮވުމުން، ހަށިގަނޑުން އެހުރިހާ ފިކުރުތަކެއް ބޭރުވާނެއެވެ. އަދި ލޮލުގެ ކަޅި ސާފުވެ ލޮލަށް ކޮނެމެވެސް ވަރަކަށް އަރާމުކަން ލީބޭނެ ކަމަށް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން 2014 ވަނަ އަހަރު ޝާޢިއު ކުރި އާޓިކަލް އެއްގައި ބުނެފައިވެއެވެ. ނަމަވެސް ނިދުމުގެ ކުރިން ކަރުނަތަށް ފުހެލާ މޫނު ދޮވެލައިގެން ނިދުން ބުއްދިވެރި އެވެ. އެހެންނޫނީ މާބޮޑަށް ރުއިމުގެ ސަބަބުން ލޯކައިރި ހުންނާނީ ފުއްޕާފައެވެ.

ރުއިމުގެ ސަބަބުން ކަންކަމާއި މެދު ގޯސްކޮށް ވިސްނާ ވިސްނުންތަށް ފިލައިގެން ގޮސް ކަންތައްތަކާއި މެދު ރަނގަޅަށް ވިސްނި، ދިމާވެފައިވާ ކަންކަމަށް އަމިއްލައަށް ހައްލެއްވެސް ހޯދަން ފަސޭހަ ވެގެން ދެއެވެ.

މީގެ އިތުރުން، ހިތް ފުރެންދެން ރޯލުމުން ތިމާމީހާ ގެ މޫޑުވެސް ރަނގަޅުކޮށްދީ ހިތްހަމަޖެހެއެވެ. ސިއްޙީ ގޮތުން ބަލާނަމަ ބެކްޓީރިއާތަށް މަރާލާ ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ. ބައެއް ފަހަރު ބޭރު ކުރަން ބޭނުންވެފަ ހުންނަ ނަމަވެސް ބޭރު ނުކުރެވި ހުންނަ ބައެއް އިހުސާސްތަށް ރުއިމުގެ ސަބަބުން ފަސޭހައިން ބޭރުކުރެވެއެވެ. މިއީ ވެސް ރުއިމުގެ ސަބަބުން ލިބޭ ފައިދާ އެކެވެ.

އެހެން ކަމުން ރުއިމަކީ ޙަޤީޤަތުގައި އާދައިގެ ކަމެއްގެ އިތުރުން ބައެއް ފަހަރު ވަރަށް ފައިދާ ހުރި ކަމެކެވެ. އަދި މިއީ ލަދު ގަންނަން ޖެހޭ ކަމެއް ވެސް ނޫނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!