ޚަބަރު
ލަދުހުތުރުމަންޒަރު ބެލުމަކީ ސިކުނޑީގެ ނިޒާމު ހަލާކުކޮށް އުފެއްދުންތެރިކަން މަރައިލާކަމެއް: ރައީސް ޑރ މުއިއްޒު

ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ލަދުހުތުރު ބަރަހަނާ މަންޒަރުތައް ބެލުމަށް ދެވިހިފުމަކީ ސިކުނޑީގެ ނިޒާމު ހަލާކުކޮށް މީހާގެ އުފެއްދުންތެރިކަން ނައްތައިލާ ކަމެއް ކަމަށާއި އެފަދަ މަންޒަރުތައް ފެންނަ ދޮރުތަކުގައި ތަންޑު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނު މަނާކުރާ ކަމެއް ކަމަށެވެ. މިނާތަހުޒީބު ދޮރުތައް ބަންދުކުރަން ޤައުމުގެ ވެރިޔާގެ މައްޗަށް ރާއްޖޭގެ ޤާނޫނާއި ދީން،ލާޒިމުކުރާކަމަށް ވިދާޅުވެ ރައީސް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބްސައިޓްތަކަށް ނުވަދެވޭގޮތަށް މުޅިން ބަންދުކޮށްލެވޭނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ބަންދުކުރާނެކަމަށެވެ. އަދި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓާ އިސްލާމްދީނަށް ނަޞްރުދޭން ކަމަށެވެ. އަދި އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!