ޚަބަރު
މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރަން ހާއްސަ ބްރޭންޑަކާއެކު މާކެޓް ކުރުމަށް އާ ކުންފުންޏެއް އުފައްދަނީ

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް،”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން” ގެ ނަމުގައި %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވަން ނިންމަވައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެކަން އިއުލާންކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ކުންފުނީގެ ބޭނުމަކީ އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ.

ޝަހީބް ވިދާޅުވީ މި ކުންފުނީގެ ބޭނުމަކީ ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި، އެތަކެއްޗަށް މާކެޓް ހޯދުން ކަމަށެވެ.

މި ކުންފުންޏަށް އަންނަ އަހަރުގެ ބަޖެޓުން 37 މިލިޔަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!