ޚަބަރު
ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ތައާރަފް ކުރަން ނިންމައިފި

ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލްތަކަށް ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ އިން ސީދާ ދަތުރުތައް (ހުއްޓުމެއްނެތި) ފެށުމަށްޓަކައި ‘ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން’ ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

އެމަނުކުފާނު މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރީންގެ ތެރެއިން 48 އިންސައްތަ ފަސިންޖަރުންނަކީ ‘ކަނެކްޓިންގ’ ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެެއެވެ.

ޝަހީބު ވިދާޅުވީ މި އޮޕަރޭޝަން ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ‘މޯލްޑިވިއަން’ އިން ސީދާ ދަތުރުތައް ފަށާނޭ ކަމަށެވެ. އޭނާ ވިދާޅުވީ މި އޮޕަރޭޝަނުގައި އެންމެ އިސްކަމެއް ދެއްވާނޭ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖައްސާފައި ކަމަށެވެ. މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!