އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
އެސްޓީއޯ އިން ފިޔާ ކިލޯއެއް 20ރ އަށް ހިފަހައްޓައި އަގު ކޮންޓްރޯލް ކޮއްފި

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށައިފިއެވެ.

އެކުންފުނިން މިއަދު ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ މިހާރު އެތެރެ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށް އެސްޓީއޯ އިން ބުންޏެވެ.

“އެސްޓީއޯއިން އިލްތިމާސް ކޮށްފައި ވަނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.” ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ބާޒާރައް ނެރެފައިވާ ކަމަށާއި އެކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްތޭބަލައިޒް ކުރުން ކަމަށް ވާތީ ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބެންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!