ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް

ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.

މިމައްސަލާގައި ބައެއް މެމްބަރުން ނެންގެވި ނިޒާމީ ނުކުތާތަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ 200 ވަނަ މާއްދާގެ ރ. އަދި އ. ގައި އޮތް ގޮތުން ރިޕޯޓު އެކުލަވާލެވިފައިވަނީ މަޖިލިހުގެ ގަވާއިދާ ޚިލާފަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާވެސް މަޝްވަރާ ކުރުމަށްފަހު ކަމުގައެވެ.

މި މައްސަލާގައި ނިޒާމީ ނުކުތާ ހުށަހެޅިއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ކޮމިޓީން ރިޕޯޓު މަޖިލިހަށް ހުށަހެޅުއްވީ މަޖިލިސް ގަވާއިދުގެ ރ،. ފ. އަދި އ. ގައި ބުނާ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަން ފުރިހަމަ ކޮށްފައިވާ ރިޕޯޓެއްކަމަށް ނުފެންނާތީ ރިޕޯޓަށް މިއަދު ވޯޓަށް އެހޭނެކަމަށް ނުފެންނަ ކަމަށެވެ.

ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މައްދާގެ ހ އާއި 200 ވަނަ މާއްދާގެ އ. އަށް ބަލާއިރު، ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކާއި ވުޒާރާތަކުގެ ދާއިރާތަކުގަ ހިމެނޭ މަސައްކަތްތައް މަޖިލިހުން ފާސްކުރުމަށް ރައީސުލްޖުމުހޫރިއްޔާ މަޖިލިހަށް ހުށަހަޅަން ޖެހޭނެކަމަށް ބުނާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ސަރުކާރު ހުވާކޮށް 30 ދުވަސް ފާއިތުވެފައިވާއިރުވެސް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާކަމުގައެވެ. އެހެންކަމުން ވަޒީރުން ވަޒީރުކަން ކުރައްވާ މުވައްސަސާތަކުގެ މެންޑޭޓް ފާސްނުކޮށް އެބޭބޭފުޅުންނަށް ރުހުން ދިނުމަށް ހުށަހަޅާފައިވަނީ އެބޭބޭފުޅުންގެ ކޮން ގާބިލްކަމެއް ހުރެގެން ނުވަތަ ނޫންކަންވެސް ކޮމިޓީގެ ރިޕޯޓުން ސާފުވާން ނެތްކަމުގައެވެ.

އަދި އޭނާ ވިދާޅުވީ މަޖިލިސް ކޮމިޓީން ރިޕޯޓު ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވާއިރު، އެ ރިޕޯޓުގައި ރުހުންދޭން ފެނޭތޯ ނުވަތަ ނޫންތޯ ސާފުކޮށް ބަޔާން ކޮށްފައި އޮންނަންޖެހޭ ކަމަށާއި، އެކަންވެސް ކޮމިޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ނުވާކަމަށެވެ.

އަދި ވަޒީރުންގެ މައްސަލަ ކޮމިޓީން ކުރިޔަށް ގެންދިޔައިރު، މެންޑޭޓްތައް ކޮމިޓީއަށް ފޮނުވާފައި ނުވާތީ މިނިސްޓްރީތަކުގެ މެންޑޭޓްތައް ކޮމިޓީއަށް ދިރާސާކުރެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލާގައި ނިޒާމީ ނުކުތާ ނަންގައިވައިގެން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މީގެ ކުރިންވެސް އަމަލު ކޮށްފައިވާ ގޮތަކީ، އަލަށް އުފައްދާ އިދާރާތަކުގެ މެންޑޭޓް މީގެ ކުރިންވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ފަހުން ފާސްކޮށްފައިވާ ކަމަށާއި، މި ދައުރުގައިވެސް ޑިސެމްބަރު 4 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖީލަށް ފޮނުވާ އަދި ޑިސެމަބަރު 15 ވަނަ ދުވަހު އަލަށް އުފެއްދި އިދާރާތަކުގެ މެންޑޭޓް ފާސްކުރުމުގެ މައްސަލަ މަޖިލީހަށް ފޮވުނުމަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަންޖެހޭ ވަރުގެ މައްސަލައެއް ނޫންކަމުގައެވެ.

އެހެންނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިހުގެ ގަވާއިދުގެ 200 މާއްދާގެ ރ. އަށް ބެލުމުން މަޖިލިސް ކޮމިޓީން ރިޕޯޓު ތައްޔާރު ކޮށްފައިވަނީ މަޖިލިހުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ހިމަނައިގެން ނޫންކަން އެނގެން އޮންނަ ކަމަށާއި، އެޖެންޑާއިން މައްސަލަ އުނި ކޮށްފައި ނުވާކަމުގައެވެ.

އަދި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވީ ރިޕޯޓު އަލުން އިސްލާހު ކުރުމަށްކަމަށްވެސް މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!