ޚަބަރު
ރައީސް އަޒުލުކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުން ވަގުތުން ހުއްޓާލާ, ވަޒީރުންނަށް ރުހުން ދީ: ޤާސިމް

ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމާ ބެހޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ހުއްޓާލައި ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.

މަޖިލީހުގެ ގަވައިދަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން ގާސިމް މިއަދު ވިދާޅުވީ އާ ސަރުކާރަށް މާ ގިނަ ދުވަހެއް ނުވާއިރު ރައީސް އާއި ނައިބު ރައީސް އަޒުލުކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ފަދަ މަސައްކަތްތަކެއް ކުރުން ބަލައިނުގަނެވޭ ކަމަށެވެ.

ގާސިމް މިހެން ވިދާޅުވި އިރު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ޕީޖީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގައި ވިދާޅުވެފަ އެވެ.

“ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ހިޔާލުތަކާ އެކީ އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ އިސްކަމެއް ދޭން ޖެހޭ މަސައްކަތަކީ މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ މަސައްކަތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާނަން،” ޝިފާއު ވިދާޅުވި އެވެ.

މި ކަންކަމާ ގުޅުވައި ގާސިމް ވިދާޅުވީ ރައީސް އާއި ނައިބު ވަކިކުރަން އުޅޭއިރު ސަރުކާރުގެ ކެބިނެޓަށް ރުހުން ވެސް ދީފައި ނުވާ ކަމަށާއި މިނިސްޓްރީތަކުގެ މެންޑޭޓު ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން، ރައީސް އަޒުލްކުރުން ފަދަ ކަމެއް ކުރަން އުޅުން ހުތުރު ކަމަށެވެ.

“ގާނޫނުއަސާސީއާ ހިލާފަށް އެ މަސައްކަތް (ރައީސް އަޒުލު ކުރަން އުޅުމަކީ) އަޅުގަނޑުމެންގެ ވާޖިބެއް ނޫން. އަޅުގަނޑު ދަންނަވަން ހުއްޓާލަން މިހާރުން މިހާރަށް،” ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ރައީސް އައްޔަން ކުރެއްވި ވަޒީރުންގެ ހަމަވާ ނަމަ އެ ހުރިހާ އެންމެންނަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.

“އޭގެ ފަހުން އެއްވެސް މިނިސްޓަރަކު ގޯހެއް ހަދާ ނަމަ ސުވާލުކޮށްގެން މަސައްކަތް ކުރިޔަށް ގެންގޮސް ނޯ ކޮންފިޑެސް ގެންދެވިދާނެ.” ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމާފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!