އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ސަރުކާރުގެ ޕްލޭން ތަންފީޒުކުރުމުގައި މޭޔަރުގެ ދައުރު އަދާކޮށް، މައްސަލަތަކަށް ޙަައްލު ހޯދާނަން: އާޒިމާ

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 20 އަހަރުގެ ޕްލޭން ތަންފީޒުކުރުމުގައި މޭޔަރުގެ ދައުރު އަދާކޮށް، މައްސަލަތަކަށް ހައްލު ހޯދަވައިދެއްވުމަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

“ސަންގު ބަހުސް” ގެ ފުރަތަމަ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ

ޕީޕީއެމް ޕީއެންސީން މަސައްކަތް ކުރަމުން އަންނަނީ އަދި ޕާޓީގެ ސިޔާސަތަކީ ބޯހިޔާވަހިކަން ދުސްތޫރީ, އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރުކޮށްދިނުންކަމަށެވެ.

މާލެ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް ފިޔަވާ އެހެން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ޕްރޮގްރާމްއަށް ހާއްސަކޮށްފައިވާ މައުލޫއުގެ ތެރެއިން ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ޝަކޫރު ވިދާޅުވީ މިއީ އިންސާފުވެރިކަމާއިއެކު ފޯރުކޮށްދެން ޖެހޭ ހިދުމަތެއް ކަމަށެވެ.

އަދި އޭނާގެ އަމާޒަކީ އެއްވެސް ދަތިކަމެއް ނެތް، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މިންވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މި މައްސަލަތަކަށް ހައްލު ހޯދޭނީ ގައުމީ ޕްލޭންއެއްގެ ތެރެއިންކަމަށެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އާޒިމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ެއަހްމަދް ރަސީދު

    އެއްކަމެއްވެސް ނުކުރެވޭނެ.