ޚަބަރު
އެމް.އެން.ޔޫ ތިނަދޫ ކެމްޕަސްގައި ހިންގާ ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްދަނީ

އޯލެވެލް ނިންމި ދަރިވަރުންނަށް ބާއްވާ ސެޝަންތަކެއް މިހިގާ އޮގަސްޓް 16،17،18 ގެ ހެދުނު 9:00 ފެށިގެން މެންދުރު 14:00 އަށް ތިނަދޫ ކެމްޕަހުގައި ކުރިއަށް އެބަދެއެވެ.

މިސެޝަންތަކުގެ ބޭނުމަކީ ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމާއި، ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެހީތެރިވެދިނުމާއި، ވަގުތުން ފޯމް ފުރާދިނުމާއި، ސެޓްފިކެޓްތަކުގައި އެޓެސްޓޭޝަން ކުރުމާއި، އަދި ކެރިއަރ ގައިޑެންސް ދިނުމެވެ.

ތިނަދޫ ކެމްޕަސް އަކީ ދަރިވަރުންގެ ކިޔެވުމަށް މަގުފަހިވާނެގޮތަށް ދަރިވަރުންނާއި ވީހާވެސް ރައްޓެހިގޮތަކަށް ކެމްޕަހުގެ މާހައުލު ބައްޓަންކުރެވިފައިވާ ތަނެކެވެ. އެމް.އެން.ޔޫގެ ފެކަލްޓީތަކުން ހިންގާ އެކި  ލެވެލްގެ ކޯސްތަކުގެ ތެރެއިން ތިނަދޫ ކެމްޕަހުގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކުގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ ދަރިވަރަކަށްވެސް ކިޔެވުމުގެ ފުރުސަތު ހުޅުވިފައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްއާއި ހަމަޔަށް ކޯސްތައް އެމްއެންޔޫ ތިނަދޫ  ކެމްޕަހުގައި ހިންގާފައެވެ.

ފެންވަރު ރަގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ގިނަވަސީލަތްތަކެއް   ތިނަދޫ  ކެމްޕަހުގައި  ގާއިމް ކުރެވިފައިވެއެވެ. މީގެތެރޭގައި ކޮމްޕިއުޓަރ ލެބަކާއެކު ކޯސްތަކުގެ އަމަލީ ތަޖުރިބާއަށް ބޭނުންވާ ސައިންސް ލެބާއި، ނާރސިންގ އާޓް ލެބާއި، ފަންނު ވެރީން ތަމްރީނުކުރާ ކުރު ކޯސްތަކުގެ އަމަލީ ތަޖުރިބާއަށް  ބޭނުންވާ ވޯކްޝޮޕްތަކެއް ކެމްޕަހުގައި ގާއިމްވެފައިހުރެއެވެ. މީގެއިތުރުން ދަރިވަރުންނަށް ލައިބްރަރީގެ ޚިދުމަތާއިއެކު ރަށްތަކުން ތިނަދޫއަށް އައިސް ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި  ދަނާލެއް (ދަންނަކަލޭގެ ފާނު ދަނާލު) ކެމްޕަސް ގޯތިތެރޭގައި ހުރެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޥަރަށް ރަގަޅު. ބާރަށް ކުރިއަށް