ޚަބަރު
ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ދިރާސާ ކޮމިޓީއެއްއުފައްދައި، ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްފި

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެ މަސައްކަތަށް މިހާރު ވަނީ ޚާއްސަ ގާނޫނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ރައީސް އޮފީހުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ، އިޓްލޮސްގެ ނިންމުން ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށާއި ލިޔެކިޔުންތައް ހޯދައި ދިރާސާކުރަމުން އަންނަ ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ ދިރާސާކުރުމުގެ އިތުރުން ކުރީގެ ސަރުކާރުގައި ދައުލަތުން ގެންގުޅުނު ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރާއްޖެ އާއި ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މަސައްކަތް ވިލަރެސްކުރަން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ކޮމިޓީ މެމްބަރުން

  • ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
  • ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
  • ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން

ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތް އޭނާ ކުރައްވާނީ އެއްވެސް އަގެއް ނުނަންގަވައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް.

މި މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ވެސް ވަނީ އާއްމުކޮށްފަ އެވެ. އެ ސިޓީއަކީ ޖޫން، 24 ގައި ރުވާންޑާގައި ބޭއްވި ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިންގެ ހަވާސާގައި ކުރީގެ ރައީސް އާއި މޮރިޝަސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއް ކަމުގައި ވިޔަސް އެ މަޝްވަރާގެ ތަފްސީލެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ ކަން ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މައްސަލައާ ގުޅޭ އިތުރު ލިޔެކިޔުމެއް ވެސް ދެ ގައުމުގެ ދެމެދު ބަދަލުކޮށްފައި ނުވާކަން ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ވެސް ބުންޏެވެ.

“މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ކުރިއަށް ގެންދާ ދިރާސާތަކާއި މި މައްސަލާގައި އައްޔަންކޮށްފައިވާ ދިވެހި ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިއާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅުއްވާފައި ގާނޫނީ ޕޮޒިޝަން އާއި އަމަލުކުރައްވާފައިވާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމަވައިފަ އެވެ،” ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

މި މަސައްކަތް ނިމުމުން، ރައީސް އޮފީހުން ބުނި ގޮތުގައި، މިކަމާބެހޭ މައުލޫމާތު އާއްމުކުރަން ވެސް ބަންޑާރަ ނައިބު ވަނީ ނިންމަވައިފަ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާޢްޖެ އަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ވެސް އެކަމަށް ބޭނުންވާ ދިރާސާތައް ހަދަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!