ޚަބަރު
އަމާން މާހައުލެއް ޤާއިމުކުރުމަށް އެންމެމުހިންމު ބަޔަކީ ޤާނޫނު ތަންފީޒުކުރަން ތިބޭމީހުން: އޭސީޕީ އާސިމް ޢަބްދުﷲ

އަމާން މާހައުލެއް ޤާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ޤާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ މިހެން ވިދާޅުވީ ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އާސިމް ވިދާޅުވީ، ތިނަދޫގައި ހުޅުވި ޕޮލިސް ޕޯސްޓުގެ ޚިދުމަތަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައިއޮތް ރަށަކަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށާއި އަމާން މާހައުލެއް ގާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ޤާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށެވެ. އަދި ފަތުރުވެރިންނަށް އެކިކަހަލަ އަނިޔާތައް ލިބިފައިހުރި ކަމަށާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމީ މަދުން ނަމަވެސް ފަތުރުވެރިންނަށް ދިމާވެފައިހުރި ކަންކަންކަމަށާއި މިފަދަ ކަންކަން މުޖުތަމަޢުގައި އާންމު ވެއްޖެނަމަ ފަތުރުވެރިން އައުން މަދުވެ އަމާންކަމާއި ސުލްޙަ މަސަލަސްކަން ނެތް ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ސިފަވެ ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ އަދަދު މަދުވެގެން ދާނެކަމަށް އާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންގެ ގިންތި ތެރޭގައި ދޮންވެލި ތުނޑިތަކާއި ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، އެކި ކުލަކުލައިގެ މުރަކައިން ފުރިފައިވާ ފަރުތަކުގެ ބަގީޗާތައް ހިމެނިގެން ދިއުމަކި ﷲތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިޢުމަތެއްކަމަށާއި މި ނިޢުމަތްތަކުން ހިތް އުފާކޮށްލައި ހިތްހަމަޖައްސާލައި ދިވެހިރާއްޖޭގެ މިފަދަ ގުދުރަތީ ރީތިކަން ބަލައިލުމަށް އަންނަ ފަތުރުވެރިންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ޒިންމާއެއްކަމަށްވެސް އާސިމް ވަނީ ވިދާޅުވެފައެވެ.

އާސިމް ވިދާޅުވީ މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން، ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާޙައުލެއް ކަށަވަރު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެ ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ފަލްސަފާކަމުގައިވާ ކުށް އުފެދުމުގެ ކުރިން އިސްވެ އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ތަރުތީބުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އާސިމްގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެދިލެއްވީ ދިވެހި ޤައުމަކީ އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮތްތަނަކަށް ހެދުމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުންނާ ގުޅިގެން ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!