ޚަބަރު
ރައީސް ޑރ މުއިއްޒު، ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފާވެސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައެވެ.

ރައީސް އޮފީހުން މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް އާއި ހަސަން ލަތީފް ބައްދަލުކުރައްވާ ދެ ފޮޓޯއެއް އާންމު ކުރައްވައިފައެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ބައްދަލު ކުރައްވައިފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވަނީ ރައީސް މުއިއްޒަށް ތާއީދުކުރައްވައިފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ނުކުންނެވިއެވެ. މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިލްޔާސް ލަބީބް އެ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އިލްޔާސް ދިޔައީ އެ އިންތިހާބުގައި ތިން ވަނައަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!