ޚަބަރު
މެމްބަރުންގެ މުސާރަތައް ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭހެން ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތަކަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި ދަ ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފި އެވެ.

މި މައްސަލައިގައި ޑިމޮކްރެޓްސް ވަނީ ތްރީލައިން ވިޕެއް ނެރެން ނިންމީ ދައުލަތުގެ އޮނިގަނޑުގެ ބިޔަކަމާއި މަޖިލިސް ބޮޑުވެ ބިޔަވަމުން ދާދިއުން ކޮންޓްރޯލުކޮށް މިހާރަށް ވުރެ ކުޑަ އަދި ހުރިހާ ރައްޔިތުންނާއި މުޅި ރާއްޖެ އިލްތިމާސްވާ މަޖިލީހެއް އުފެއްދުމަކީ އަބަދުވެސް ވަކާލާތު ކުރަމުން އައިގޮތްކަމަށް ވާތީކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ މެޖޯރިޓީގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރުމުން ރައްޔިތުން ރަތަށް އަރައި އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން މަޖިލިހަށް އަމާޒުވެފައެެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން މަޖްލިސް މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެ ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބިވަޑައިގަންނަވާއިރު ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 1 ލައްކަ ރުފިޔާ މަހަކަށް ޖެހެއެވެ.އެއީ އަހަރަކު 1 މި ލިއަން 2 ލައްކަ ރުފިޔާއެވެ.

މަޖިލީހުގެ މިހާރު މެމްބަރެއްގެ މުސާރައަކީ 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންގަވައެވެ. އެގޮތުން ކޮމެޓީ އެލަވަންސާއެކު މެމްބަރުންނަށް މިހާރުވެސް 82500 ރުފިޔާގެ މުސާރަ އެއް ލިބިވަޑައިގަންނަަވައެވެ.

ކޮމިޓީ ގެ އެ ނިންމުމާއި އެކު އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ މެމްބަރުންނަށް އަމާޒު ވެފައެވެ. ޚާއްސަކޮށް އެމްޑީޕީ ތަމްސީލު ކުރާ ބޭފުޅުން

ނަށެވެ.

ރާއްޖެ މި ވަގުތު އޮތީ އިޤްތިޞާދީ ބޮޑު ވަޅުގަނޑަކަށް އައްޓާލާފައި ކަމުން މި ދަތި ހާލަތެއްގައި ގައުމު އޮއްވައި މިހާ ބޮޑު މުސާރަ އެއް މަޖިލީހުގެ މެމްބަރުން ނަންގަވަން ދިމާކުރައްވާތީ ގިނަ ބަޔަކު ވަނީ މަޖިލީހުގެ މެމްބަރުންނަށް ފާޑުކިޔަންފަށާފައެވެ. އަދި ރައްޔިތުން އަނގަޔާ އަތާ ދިމާ ނުވާއިރު ބޮޑު މުސާރަ އެއް ދައުލަތުގެ ވެެރިންނާއި މެމްބަރުން ނެންގެވުމަކީ އިންސާފެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން ނެތެވެ. މުޅި މީސްމީޑިއާގައި އެއްވާހަކައަކަށް އޮތީ މި ވާހަކަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!