ޚަބަރު
ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަންކޮށް، 20 ޑިސެންބަރު 2023 އިން ފެށިގެން އައި.ޑީ ކާޑު ނުގެނައި ކަމުގައި ވީނަމަވެސް، ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ނިންމަވަފައިއެވެ.

އެގޮތުން، އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައި.ޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެއެވެ. އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް ދުރުވާއިރު، އެފަރާތްތަކުގެ އައި.ޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައި.ޑީ ކާޑު ވެރިފައި ކޮށްދޭނެއެވެ.

ނޮން-އިލެކްޓްރޯނިކް އަދި އެމަރޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައި.ޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެއެވެ. މަގުބޫލު ޢުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ޙަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައި.ޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންވާނެއެވެ. އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައި.ޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!