އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ވާހަކަ
ސިލްސިލާ ވާހަކަ؛ ވާނަން އުމުރަށް – 5

(05 ޑިސެމްބަރ 2023 އާ ގުޅޭ)
އެ ހިމަ ގޯޅިގަނޑަށް ވެރިވެފައިވާ ހުދުކުލައިގެ ފަނޑު އަލީގެ ތެރެއިން ކައިޝްގެ ނޫކުލައިގެ ދެލޮލާއި އިރަމްގެ ކަރުނުން ފުރިފައިވާ ދެލޯ ބައްދަލުވެގެންދިއަ ހިނދުވެސް އިރަމްގެ ތުންފަތް ފޫއަޅުވާލާފައި މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުން ދިޔައެވެ.
. . .
އިޙުސާސުތައް ފޮރުވިފައިވާ ކައިޝްގެ ކަޅީގައިވަނީ ސިހުމެވެ. އިރަމްގެ މުއްކެވިފައިވާ އަތުގައި އޭނާ ހިފަހައްޓައިގެން ހުރީ އެ އަންހެންކުއްޖާގެ މުއްކެވިފައިވާ އަތުގެ ޝިކާރައަކަށް ވާން ބޭނުންނުވުމުންނެވެ.

ތަރުތީބުގެއްލިފައިވާ އިސްތަށިގަނޑުންނާއި، ހަށިގަނޑުގައިވާ ތުރުތުރުލުމުގެ އިތުރުން އެ އަންހެންކުއްޖާ ގިސްލަމުންދިޔަ ގޮތުން ކައިޝްގެ ތޫނު ސިކުނޑިއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. ވީގޮތް ރޭކާލުމާއެކު ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާއަކީ އަންހެނުން މަސަލަސްކުރަން ދަންނަ ޒުވާނެއް ނޫނެވެ. އެއަށްވުރެ އެ ހިތް ވަނީ ހިލަވެފައެވެ.

އަނގައިން ބަހެއް ނުބުނެ ކައިޝް އިރަމްގެ އަތުގައި ހިފައިގެން އެ ހަނި ގޯޅިން ނުކުންނަން ހިނގައިގަތެވެ. ވެހެމުންދިޔަ ހުދުކަފަކޮޅުތަކުގެ  ޝިކާރައަށް ދެޒުވާނުންވެފައިވެއެވެ. މުޅި މާޙައުލަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލާފައި އިވެމުން ދިޔައީ އިރަމްގެ ގިސްލުމުގެ އަޑެވެ. މާ ބޮޑަށްވެސް އެ ހިތަށް ވަނީ ބިރުވެރިކަން ވެރިވެފައެވެ. އެ ޅަހިތް ދިޔައީ ރޫރޫ އަޅަމުންނެވެ.

ޕާކުކޮށްފައި އޮތް ކާރުގެ ދޮރު ހުޅުވައިލަމުން، ކައިން އިރަމްގެ އަތުން ދޫކޮށްލީ އޭނާ ކާރަށް އެރުވުމަށްފަހުގައެވެ. ދޮރު ޖަހައިލަމުން ކާރުގައި ލެނގިލާފައި ނިތުގައި އަތް ޖައްސައިލެވުނެވެ. އޭނާ ކޮލެޖަށް އައީ މުހިންމު ފައިލުތަކެއް ބަލައެވެ. ޖީބުން ފޯނު ނަގާފައި މެސެޖަކުން މިރޭ ފައިލް ބަލައި ނުދެވޭނެކަމަށް އެނގިއެވެ.

ކާރު ވަށައިލާފައި ގޮސް، ކާރަށް އަރަމުން ކައިޝް ދުއްވާލިއެވެ. އޭރު އިރަމްގެ ގިސްލުން ހުއްޓި އޭނާ ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް އެ މޫނުމަތީގައިވާ ހުދުކަމެއް ނުފިލައެވެ.

“އެޑްރެސް؟” ކައިޝްގެ ސުވާލު ކުރެވެ.

އިރަމް އޭނާގެ ކުރެހިފައިވާ އަޑުން ކައިޒިލްގެ ގޭގެ އެޑްރެސް ދިނުމުން ކައިޝް ދުއްވައިލިއެވެ. ފުދޭވަރަކަށް ބާރު ސްޕީޑެއްގައި ދުއްވާފައިދިއުމުން އިރަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެކްސިޑެންޓެއް ވެދާނެތީ ކަންބޮޑުވިއެވެ. އެހެނަސް ސްޕީޑް ދައްކޮށްލާށޭ ބުނަން އިރަމް އަކަށް ނުކެރުނެވެ.

ދޮޅުގަޑިއިރުގެ ދަތުރަކަށްފަހު، ކައިޝް ކާރުގެ ދުވެލި މަޑުކޮށްލީ އިރަމްގެ ގޭ ކުރިމައްޗަށް ހުއްޓަމުންނެވެ. އެ ގެއަށް ބަލައިލަންވެސް ކައިޝްގެ ފަރުވާލެއް ނެތެވެ.

ޝުކުރު އަދާ ކުރުމެއް ނެތި އިރަމްއަށް އަވަސް ހަރަކާތަރާއެކު ކާރުން ފައިބައިގެން ގެއަށް ވަންނަން ހިނގައިގަނެވުނެވެ. މިރޭގައި ވީ ހުރިހާކަމެއް ސިކުނޑިއަށް ނަގައިގަން އޭނާ ވަގުތު ބޭނުމެވެ.
ބޮޑު ސިޓިންގރޫމް ހުރަސްކޮށް ސިޑީގެ ފަންތިތައް ގިރާ ކޮށްފައި ދެވަނަ ފަންގިފިލާގައިވާ ކޯރިޑޯއިން ފުރަތަމަ ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ. ބުރަކަށި ދޮރުގެ ފަހަތުގައި ޖައްސައިލަމުން ހުރިތަނަށް ތިރިވެނުނީ އަދިވެސް ބިރުގެންފަހުރިވަރުންނެވެ.

އިރަމްގެ ބިއްލޫރިކޮޅެއްފަދަ އަޅިފެހިކުލައިގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެގެން އޭގެ މަޤާމު ދޫކޮށްފައިބައިގަތެވެ.

އަމިއްލަ ފިނޑިކަމާއި ނާޒުކުކަން އިޙުސާސް ކުރެވުމުން އިރަމް ފާހަނާއަށް ވަދެ ވުޟޫ ކޮށްލިއެވެ. މިވަގުތު މާތްﷲގެ މަތިން ހަނދުމަކޮށް، އޭނާ އެ ބިރުވެރިކަމުން ސަލާމަތްކުރެއްވި ކަމައްޓަކައި ޙަމްދުއަޅަން އިރަމް ބޭނުންވިއެވެ.
. . .
ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. ހުސް ޖީންސްއެއްގައި ކައިން އިނީ ކޮޓަރީ ބޭރަށްވާގޮތަށް އިން ބެލްކަނީ ސޯފާގައެވެ. މުޅި މާޙައުލު އެއްވަސްވެފައިވަނީ ބެލްކަނީގައި އިންދާފައިވާ މާމެލާމެލީގެ މީރުވަހުންނެވެ. ޖެހިލާ މަޑުމޮޅި ވައިރޯޅިތައް އިރުއިރުކޮޅާ ކައިންގެ ކުރު އިސްތަށިގަނޑާއި ސަމާސާ ކޮށްލައެވެ.

ސާފު ރެއެއެއްކަމުން އުޑުމަތީގައި ހިނިތުންވެލައިގެން ރަސްކަން ކުރަމުންދިއަ ހަނދުގެ ވަށައިގެން އުކައިލެވިފައިވާ ތަރިތަކަށް ކައިންގެ ހިތާމަވެރި ނަޒަރު ހުއްޓުނެވެ. މިއީ ޔަޤީނުންވެސް ކޮންމެ މީހެއްގެ ސިކުނޑިއަށް ހިތްހަމަޖެހުން ލިއްބައިދޭނެ މާޙައުލެކެވެ. ނަމަވެސް ކައިންގެ ސިކުނޑިވަނީ ހިތްހަމަ ޖެހުމާއި މާ ދުރުގައެވެ. އެ ސިކުނޑިވަނީ އޭނާގެ ހިތުގެ ވެރިޔާ، ލޫންގެ ހަނދާންތަކާއިގެން ހަލަބޮލިވެފައެވެ.

މީގެ މަހެއް ކުރިން ރާއްޖެތެރޭ ރަށުން ފެނުން އެ އަންހެން ކުއްޖާގެ ސަބަބުން ކައިންގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިފައިވާ މާޒީގެ ހަނދާންތައް އޭނާ ވަށާލައިފިއެވެ. އެ އަންހެންކުއްޖާ އަކީ ހަމަ އޭނާގެ ހިތުގެ ވެރިޔާ، ލޫންގެ ކޮޕީއެކެވެ.

އިރުކޮޅަކު އެހެން އިނދެފައި ކައިން ދެފަރާތަށް ބޯ ހޫރައިލީ ލޫންގެ ހަނދާންތަކާއި ދުރަށް ދާން ބޭނުންވުމުންނެވެ. އެންމެ ފަހުން އެކަން ކާމިޔާބުވާ ގޮތް ނުވުމުން ކައިންގެ ދެލޮލުން ނުރުހުންތެރިކަން ފާޅުވިއެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން، ކަކޫމަތީގައި އަތުގެ އުޅަނބޮށި ވިއްދާލަމުން އަތުތެރެއަށް އިސްތަށިގަނޑު މަހާލަމުން ބޮނޑިކޮށްލެވުނެވެ.

މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ނިދަން އޮށޯތަސް، ނިދި އަބަދުވެސް ވަނީ އެ ދެލޮލާ އެތަށް މޭލެއް ދުރުގައިހެން ހީވެއެވެ. ކޮންމެ ރެއަކުހެން އެ ހިތާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯ ކައިން ނުކުންނަނީ ބެލްކަންޏަށެވެ.

“ލޫން.” ކައިންގެ އަޑު ކުރެހުނެވެ. މިއީ ލޫން އޭނާއަށް ގެއްލުނުތާ ތިންވަނަ އަހަރެވެ.

“ކީއްވެ އަހަރެން ދޫކޮށްދިޔައީ؟” ކައިންއަށް ސުވާލުކޮށްލެވުނެވެ. އޭނާ ލޫން ހޯދަން ނުފޮރުޅާ ގާކޮޅެއް ނެތެވެ. އެންމެ ކުދިކުދި ކާޅުތައްވެސް ފޮރޮޅަން އޭނާ ނުކުރާކަށް މަސައްކަތެއް ނެތެވެ. ލޫން ވަނީ ކޮންތާކު ހެއްޔެވެ؟ ލޫން ދިރިއެބަ ހުރިހެއްޔެވެ؟

“އަހަންނާއެކު އުމުރަށް ވާނަމޭ ބުނެ، ފޮނި ވަޢުދުތައް ކޮށްފައި ފިލީތަ؟” ކައިންގެ ކަތުރުކަށިގަނޑަށް ވާންވިއެވެ. ވީ ދެރައިންނެވެ.

“ހާދަ ބޭވަފާތެރިއޭ.” ހިތުގެ ޝަކުވާތައް ބަންޑުން ކުރަމުންދިޔައިރު، މޮޑުމޮޅި ކަމާއެކު ކައިންގެ މޫނުގައި ބޮސްދެމުންދިޔަ ވައިރޯޅިތައްވެސް އޭނާގެ ހިތާމަވެރިކަމުގައި ބައިވެރިވަމުންދިއައެވެ.

އަނދިރިކަން ވެރިވެފައިވާ ބެލްކަންޏަށް، ރިހި ހަނދުވަރުގެ ފަނޑު އަލިކަން ވެރިވެފައިވެއެވެ. ސޯފާ ކައިރީގައި ލައްގާލާފައިވާ ކަޅުކުލައިގެ ގިޓާ ނަގަމުން އޭގައި، އޭނާގެ ފިރިހެންވަންތަ އިނގިލިތައް ހިނގާލިއެވެ. ހިތްތަކަށް އަސަރުކުރުވާފަތަ ވޭނުން ފުރިގެންވި ލުއި މިއުޒިކީ ރާގެކެވެ.

ދެލޯ މަރައިލައިގެން، އެހިތުގައިވާ ވޭނީ އިޙުސާސްތައް މިއުޒިކުގެ ސިފައިގައި ބޭރުކުރަމުންދިޔައެވެ. ހިނދުކޮޅަކު ދެލޯ މަރައިލައިގެން އޮތުމަށްފަހު، ފުން ނޭވާއެއް ލަމުން ތަރުތީބެއްނެތި އުކާލެވިފާ ތަރިތަކުގެ މެދުގައި ހިނިތުންވެލައިގެން އިން ފުރިހަމަ ހަނދަށް ނަޒަރު ހުއްޓާލިއެވެ.

އޭނާ ލޫން މަތިން ހަނދާން ނައްތާލާނީވެސް ކިހިނެއްހެއްޔެވެ؟ އެ ހިތުގައިވަނީ އެއަށްވުރެ މަތިވެރި ލޯތްބެކެވެ. ފޯނު ރިންގުވާން ފެށުމުން ކައިން ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ.

“ކައިޝް؟ ހާދަ ދަން ގަޑިއެއްގަ ތި ގުޅާލީ؟” ކައިން އެއްސެވެ.
“ޔެސް. ދާނިޝް އަހަންނާ ގުޅާފައި ބުނި މުހިންމު ފައިލްސްތަކެއް ބަލައިދާން. އެކަމަކު ކަމެއް ދިމާވެގެން އަހަންނަށް އެ ފައިލްސްތައް ބަލައި ދެވޭގޮތެއް ނުވި.”

ކައިޝްގެ އަޑުގައިވަނީ ވަރުބަލިކަމެވެ. އޭނާ އިރަމް ގެއަށް ލާފައި، މުހިންމު ބިޒްނަސް މީޓިންގްއެއް ނިމުނުއިރު ގަޑިން ހުރީ ދަންވަރު އެކެއްޖަހާ ބޮޑުވެފައެވެ. އެވަރުން ނުވެގެން، މުޅި ރޭގަނޑު ހޭދަކުރަންޖެހުނީ އޮފީހުގައި މާދަން އޮތް މުހިންމު ޕްރޮޖެކްޓަކަށް ރެޑީވުމުގައެވެ. އަދިވެސް ކައިޝް އިނީ އޮފީހުގައެވެ.

“ކޮން ފައިލްސް ތަކެއް؟” ކައިން ގިޓާ ހިފައިގެން ތެދުވެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

ހުސް ޖީންސް އެއްގައި ހުރިއިރު ފިނިވެސް ނުވާކަލައެވެ. ކޮޓަރިއަށް ވަދެ ގިޓާ ބޭއްވުމަށްފަހު އެނދާ ދިމާއަށް މިސްރާބުޖެހީ މާދަން ބިޒީ ދުވަހަކަށް ވާނެތީއެވެ. ކައިޝް އާއިވެސް އަވަހަށް ބައްދަލުވެވޭނީކީ ނޫނެވެ.

ދެބެންގެވެސް ޝެޑިއުލް އެހާ ދިގުވެފައި، ދެ ގައުމެއްގައި އުޅޭތީވެ، ތަފާތު ޓައިމްޒޯންގެ ސަބަބުންވެސް ގުޅައިލެވެނީ މަދު ފަހަރަކުއެވެ. ނަމަވެސް އެ ދެބެންގެ ގުޅުން ނުހަނު ވަރުގަދައެވެ. އެއްމާބަނޑު ދެބެންނަށް ވީމައިކަމަށްވެސް ވެދާނެއެވެ.

“ފައިލް 5177.” ކައިޝް ބުނި ފައިލްގެ ނަމުން ކައިންގެ ހިތުގެ ތެޅުން ހުއްޓުނުކަހަލައެވެ. ހަށިގަނޑުގައި ފިނި ރާޅުބާންޏެއް ދުވެލި ކަހަލައެވެ.

          ***ނުނިމޭ***

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!