ރިޕޯޓް
400 މިލިއަން އުނިކުރަން އޯކޭ، ބަޖެޓުން ހަރަދެއްނުކޮށް ބިމެއް ދީގެން ހިއްކަންވީމާ ގޯސް!

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފައިވަނީ ފުށިދިއްގަރު ފަޅުގެ މަޝްރޫއު ހިންގުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ އެހެން މަޝްރޫއުތަކަށް ބަހާލައިގެންނެވެ. މާނައަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކުމަށް ކަނޑައެޅި 400 މިލިއަން އެއްކޮށް އުނިކޮށްލި ވާހަކައެވެ.

ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑު މައްސަލައެއްގައި ހާއްސަކޮށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިކަން މިގޮތައް ނިންމުން ވެގެންދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ނަމަވެސް ކަންވެ ނިމިގެން މިދިޔައީ ހީކުރި ގޮތާއި މުޅިން ހިލާފަށެވެ. ފުށިދިއްގަރު ފަޅު ނުވަތަ ރަސްމީކޮށް މިހާރު ކިޔަމުންދާ ” ރަސްމާލެ ” ހިއްކަން ފަށައިފި އެވެ. ދިވެހި ދައުލަތުން އެންމެ ލޯ ލާރިއެއްވެސް މިކަމަށް ހަރަދު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޖުމުލަ 1153 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ، ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު ‘ރަސްމާލެ’ މަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު، އަދި ބިޔަ މަޝްރޫޢު އެވެ.

މި މަޝްރޫޢު ފެށުމަށް އައު ސަރުކާރުން ކަނޑައެޅި ބަޖެޓް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީން އުނިކޮށްފައިވާއިރު، ބަޖެޓް ނެތި މަސައްކަތް ފެށުނީ ކިހިނެއްތޯ ސުވާލުކޮށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރު ބަދުނާމުކޮށް ދޮގު މަޢުލޫމާތު ފަތުރަމުން ކަމުގައި ސަރުކާރުން ދަނީ ބުނަމުންނެވެ.

މަޖިލީހުގެ ހުއްދަ ނުހޯދައި، ސަރުކާރުން ބަޖެޓުން ބޭރުން ޚަރަދު ކޮށްފައިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީ ބައެއް މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފް ވެފައިވާ ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ. އަދި މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅާނެކަމަށްވެސް އެމްޑީޕީން ދަނީ ބުނަމުންނެވެ.

މިކަންކަމަށް އާބަންކޯ އަދި ސަރުކާރުން ވެސް ދަނީ އެއްވެސް ފޮރުވުމެއްނެތި މީޑިއާގައި ހާމަކުރައްވަމުންނެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އަދި ލިބިފައިވާ މައުލޫމާތުތަކުން އެނގިގެން ދިޔައީ މިއީ މިހާތަނަށް މިވަރުގެ ބޮޑު މަސައްކަތަކަށް ދައުލަތުގެ ބަޖެޓަށް އެއްވެސް ބުރައެއް ނެތި ކުރެވޭ ފައިދާ ހުރި ބޮޑު މަސައްކަތެއްގެ ގޮތުގައެވެ.

މިކަމާއި ގުޅިގެން ލ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވީ، އެ މަޝްރޫއު އަށް އާބަންކޯއިން ވެސް އަދި ސަރުކާރުންވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. އެހެނެއް ކަމަކު، އޭގެ ބަދަލުގައި ދޭން ނިންމާފައިވަނީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި، ރަސްމާލެ އިން ހިއްކާ 1153 ހެކްޓަރުން 60 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެ ބިން ދޭން ނިންމާފައިވަނީ 99 އަހަރަށް ކަމަށެވެ.

މިއީ ރާއްޖޭގައި ބިންމިލްކުު ކުރެވޭ އެންމެ ދިގުމުއްދަތެވެ.

އަޅުގަނޑުމެން ކުންފުނިން ވެސް މީގައި ފައިސާއެއް ޚަރަދެއް ނުކުރަން. ދައުލަތަކުން ވެސް ފައިސާއެއް ޚަރަދެއް ނުކުރަން. ބިން ހިއްކައިގެން ލިބޭ ލޭންޑް ވިއްކައިގެން މީގެން އަގު އަދާ ކުރަނީ…. މިއީ އެއްވެސް ވަރަކަށް، ކުންފުނިން (އާބަންކޯއިން) ލާރި ދައްކާ ގޮތަށް ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެންނަށް، ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރާއި، ރަސްމާލެއިން ދޫކުރާ 60 ހެކްޓަރުގެ ބަދަލުގައި މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީ (އާބަންކޯ)ގެ އެސެޓަށް -ފަޒުލް-

މިއީ ރާއްޖޭގައި އަލަށް ކުރެވުނު ކަމެއްނޫންކަން އެނގެން އެބައޮތެވެ. ކުރީގެ ވެރިކަން ނިމެން ވެފައި ވަނިކޮށް މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 96 ހެކްޓަރު ހިއްކަން ހަވާލު ކުރީ، ހުޅުމާލެއިން 10 ހެކްޓަރާއި ތިލަފުށިން 10 ހެކްޓަރު، އެކު ޖުމްލަ 20 ހެކްޓަރު، 99 އަހަރަށް ދޫކޮށްލައިގެންނެވެ. އޭގެ ބަދަލުގައި ދިވެހިންނަށް ލިބުނީ އެންމެ 76 ހެކްޓަރެވެ.

އެހެންކަމުން މިކަމަކީ ދިވެހިންނަށް ލިބުނު ބޮޑު ރަންގަޑެކެވެ. ދިވެހިންގެ އަތުން ލޯ ލާރި ފޮއްޗެއްވެސް ނުގޮސް 705 ބިލިއަން ރުފިޔާގެ ބިން ލިބި، މާލޭ ސަރަހައްދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ބޯހިޔާވަހިކަމަށް ދިވެހިން ތިބީ އެދިއެދިއެވެ.

ރާއްޖޭގައި އެކަންޏެއް ނޫން، ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް، ރަސްމާލެ ތަރައްގީ ކުރަނީ، ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއެއްގެ ގޮތުގައި. އެހެންވީމަ މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ޒަމާނެއް. މިއީ މުޅިން އެހެން ފެންވަރެއް، ރަސްމާލެ އާއި ގުޅީފަޅަށް އިތުރު ކުރެވޭ ބޮޑު ބިމާ، ގިރާވަރު ފަޅުން އިތުރަށް ހިއްކާ އިތުރު ކުރެވޭ ބޮޑުބިމާއި، މިހާރު މިއޮތް ހުޅުމާލެ ދިވެހިންގެ ގެދޮރުވެރިކަމުގެ ހިތްދަތިކަމަށް ދާއިމީ ހައްލެއް ގެނެސް ދެވޭނެ. -ރައީސް-

ރައީސް ވިދާޅުވީ، އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ހަޔާތަށް ހަދިޔާ ކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ރަސްމާލެ ވާނީ ނިކަން ވިންދު ހުރި ސިޓީއަކަށް ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ދައުލަތުގެމުދާ

    ކޮންމެއެއްޗެކޭ ކިޔަސް ހޭދަކުރެވެނީ ދައުލަތުގެ މުދަލާ ހަކަތަ! ދައުލަތުގެ ފައިސާ! ބަޖެޓުންވިއަސް ބިމުންވިއަސް އެހެން ވަސީލަތަކުން ވިއަސް….