ޚަބަރު
ދެވެބްސައިޓެއް ބަންދުކޮށްފި، ރެޖިސްޓްރީކޮށްގެން ހިންގާ ސައިޓެއް ބްލޮކެއްނުކުރާނެ: ޝަހީބު

ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސައިޓެއް ބްލޮކް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓަކަށް ނުވަދެވޭނެހެން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ފާޑުކިއުން އިތުރުވެފައިވަނިކޮށެވެ.

ސަރުކާރުން ބްލޮކް ކޮށްލާފައިވަނީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. ނަމަވެސް މިދެ ނޫހަކީވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޕަބްލިޝް ކުރާ ދެ ވެބްސައިޓެވެ.

މި ދެ ސައިޓު ބްލޮކް ކުރުމާއިއެކު، އާންމުންނާއި، އިދިކޮޅު އެމްޑީޕީއިންވެސް ވަނީ ފާޑު ކިޔާފައެވެ. ފާޑު ކިއުމަށް ރައްދުދެއްވަމުން ޝަހީބް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުމަށް މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

“ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.”

ޝަހީބު މިހެން ވިދާޅުވިނަމަވެސް، ރާއްޖޭގައި ރެޖިސްޓްރީނުކޮށް ހިންގާ ނޫސްތައް މަދެއް ނޫނެވެ. އަދި އެއިރެއްގަ އޮންނަ ސަރުކާރަކަށް ފާޑު ކިޔާ ނޫސްތަކެއްވެސް މަދެއް ނޫނެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!