ޚަބަރު
ފަލަސްތީނާއި މެދު އޮތް އަދާވާތްތެރިކަން ވަގުތުން ނިންމުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް، ރައީސް ގޮވާލައްވައިފި

އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭގޮތުން އިއްޔެ ނެރުއްވި ގަރާރުގެ މައްޗަށް ބިނާކޮށް ހުރިހާ ޢަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

“އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް. މި ނިންމެވުން ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން މި ސަބަބުތަކަށްޓަކައި އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ނެރުއްވި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅުއްވާފައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!