ޚަބަރު
އެމްޕީއެލްގެ މިއަހަރުގެ 2 ވަނަ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އިންޓާރންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެމްޕީއެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލް.ޑީ.ޑީ) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރ 2023 އިން 4 ޖަނަވަރީ 2024ގެ ނިޔަލަށެވެ.

އިންޓާރންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މިއަދު ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރައްވައިފައެވެ.

ސީ.އީ.އޯ ވަޖީޙް ވިދާޅުވީ ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުމަށް އެމް.ޕީ.އެލް އިން ބޭނުންވާ ކަމަށާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމް.ޕީ.އެލް ދެމި އޮންނާނެ ކަމަށެވެ.

“މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މި ކުންފުނީގެ ދާއިމީ ވާޒީފާތަކުންވެސް ފުރުސަތު ހޯދޭނެ. އަދި، ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން (ކުންފުނީގެ ހަރަދުގައި) މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ވެސް ލިބޭނެ. ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،” ވަޖީހު

މި ޕްރޮގްރާމްގައި ޖުމްލަ 13 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ތަފާތު ދާއިރާތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެއީ އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ،ކާޕެންޓްރީ،ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން،އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް، ގްރެފިކް ޑިޒައިނިންގ،ކޮޕީ ރައިޓިންގ،ސިވިލް އިންޖިނިއަރިންގ / ސާރވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިންގއެވެ.

މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓަރއެއް ހަމަޖައްސާނެއެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމް.ޕީ.އެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!