އދ ދިގުރަށުގައި ދުވަސްފުރާ ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.
މި މަހުގެ 3 ވަނަ ދުވަހު ދިގުރަށު ކުނިގޮނޑުން ފެނުން ތުއްތު ކުއްޖާ ގެ ހަށިގަނޑުގެ ދެމުން ފުލުހުން ބުނީ، ތުއްތުކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތުއްތު އަންހެން ކުއްޖާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކުރީ ފިލައިގެން ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.
ހައްޔަރުކުރި އަންހެންމީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދުވަސްފުރާ ވިހެއުމަށްފަހު، ފޫޅުވެސް ނުކަނޑާ އޮތް މި ތުއްތު އަންހެން ކުއްޖާ ފެނުނުއިރު އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އަދި ދިގުރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.