ޚަބަރު
ފައިލޭރިޔާ އަށް 87 ބިދޭސީއެއް، މާލެސިޓީ ސަރަހައްދުން ފައްސި ވެއްޖެ

ފައިލޭރިޔާ އަށް 87 ބިދޭސީއެއް، މާލެސިޓީ ސަރަހައްދުން ފައްސި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ފައިލޭރިއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރަމުން ބުނެފައިވަނީ ހުޅުމާލެއިން 5 ބިދޭސީން، ގުޅީފަޅުން 1 އަދި މާލެއިން 1 ބިދޭސީން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މާލެ ސަރަޙައްދުގައި މިމަހު 22 އަދި 23 ގައި ނެގުނު  ޖުމްލަ 89 ސާމްޕަލްގެ ތެރެއިން 7 މީހުން ޕޮޒިޓިވް ވެފައިވާއިރު އަދި މިހާތަނަށް އެއްވެސް ދިވެއްސަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ފައިލޭރިއާގެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ ކުޅުދުއްފުށި ސިޓީއިންނެވެ. އަދި މިހާތަނަށް ކުޅުދުއްފުށިން ނެގި ޖުމްލަ 594 ސާމްޕަލްގެ ތެރެއިން 25 ބިދޭސީން ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. ކުޅުދުއްފުށި ސިޓީގައި ދިވެހިންވެސް ދަނީ ފައިލޭރިއާއަށް ޓެސްޓް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 155 ދިވެއްސަކު ވަނީ ޓެސްޓްކޮށްފައެވެ.

ފައިލޭރިއާ ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަރަށް ފުޅާކޮށް މަސައްކަތް ވަނީ ފަށާފައެވެ. މިބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދެމުންދަނީ ސީދާ އެޗްޕީއޭގެ ބެލުމުގެދަށުން ކަމަށާއި މިހާތަނަށް ޕޮޒިޓިވްވި ހުރިހާ ފަރާތްތަކަށް ބޭސް ދީފައިވާކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!