ޚަބަރު
ބޭރުގައި ކިޔަވާކުދިންނަށް ކުރެޑިޓް ކާޑުން ޑޮލަރު ނެގޭ އަދަދު އިތުރު ކުރަން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުރެޑިޓް ކާޑުން ނެގޭ ޑޮލަރު އަދަދު އިތުރު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ސަރުކާރުން ނިންމާފައިވަނީ އަންނަ ފެބްރިއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ ކިޔަވާކުއްޖަކަށްވެސް 1،220 ޑޮލަރު ނެގޭ ގޮތަށް ލުއި ދިނުމަށެވެ.

މީގެ ކުރިން ހަމަޖެހިފައި އޮންނަނީ 700 ޑޮލަރާއި ހަމައަށް ޑޮލަރު ވިތުޑްރޯ ކުރެވޭ ގޮތަށެވެ. މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ކެބިނެޓް ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު ނާޒިމް ވިދާޅުވީ މަރުހަލާތަކަށް ބަހާލައިގެން ޑޮލަރު ވިތުޑްރޯ ކުރުމަށް ލުއި ދޭގޮތަށް ހަމަޖައްސާފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވީ ފުރަތަމަ މަރުހަލާގައި ލުއި ދެވޭ، ގިންތި ކަމުގައިވާ ކިޔަވާކުދިންނަށް ޑޮލަރ ނެގޭ މިންވަރު ލުއި ކުރުމަށް ކުރާންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއިން ފެށުމަށް އިރުޝާދު ދިނުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!