ރިޕޯޓް
އެސްތުމާ އާއި ސީއޯޕީޑީ: ނޭވާލުމުގެ ނިޒާމަށް ޖެހޭ ތަފާތު ދެ ބައްޔެއް! ފަރުވާތެރިވެ ސަމާލުވުން މުހިންމު!

ނޭވާހިއްލުން ނުވަތަ އެސްތުމާއާއި ސީއޯޕީޑީ މިއީ އެއް ބައްޔަކަށް ކިޔާ ދެ ނަން ހެއްޔެވެ.

ނޫނެކެވެ. އެއްގޮތަކަށްވެސް މިއީ އެއްބައްޔެއްގެ ދެނަމެއް ނޫނެވެ.

އެކަމަކު މިއީ އެއްކަހަލަ ގޮތްތަކެއްވާ ފަދަ އަލާމާތްތަކެއް ފެންނަ މުޅިން ތަފާތު ގޮތްގޮތް ވާނެ، އެކަމަކު އެއް ގުނަވަނަކަށް ޖެހޭ ދެ ބައްޔެވެ.

އެއްވެސް ހާލެއްގައި މިފަދަ ބަލިމީހުންނަކީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ބަޔަކަށް ހަދައި އެކަހެރި ނުކުރާށެވެ! މިއީ ވޭން ހުރި ބައްޔެކެވެ! ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ، މިއީ އިންތިހާއަށް ވޭން އުފުލައި، އެހާމެ ނާޒުކު ހާލަތެއްގައި އުޅޭ ބައެކެވެ.

ނޭވާ ހިއްލުން ނުވަތަ ނޭވާއަށް އުނދަގޫ ކުރުން، އެސްތުމާ މިއީ ނުބައި، ގައިން ގަޔަށް އަރާ ބިރުވެރި ބައްޔެއް ނޫނެވެ. އެހެންނަމަވެސް ބައެއް މީހުން މިއީ ގައިން ގަޔަށް އަރާ ނުބައި ބައްޔެއް ކަމުގައި ދެކޭކަން ހިތާމައާއެކު ފާހަގަކޮށްލަމެވެ.

ރާއްޖެއަކީ ފުއްޕާމޭގެ ބަލި ވަރަށް އާންމު ގައުމެކެވެ. ހާއްސަކޮށް ނޭވާލާ ނިޒާމަށްޖެހޭ އެސްތުމާ ނުވަތަ ދިވެހިން އާންމުކޮށް ކިޔައިއުޅޭ ގޮތުންނަމަ ނޭވައަށް އުނދަގޫކުރުން، ނޭވާ ހިއްލުން އަދި ސީއޯޕީޑީ އަކީ ވަރަށް އާންމު ދެ ބައްޔެވެ. ގިނަވެފަރާތްތަކަށް އޮޅުން އަރާފައި އޮންނަ ކަމަކަށް ވާތީ ދަންނަވާލަމެވެ.

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ނުވަތަ ސީއޯޕީޑީ އާއި އެސްތުމާ މިއީ އެއްކަހަލަ ގޮތްތަކަކަށް ކަންތައް ވިޔަސް ތަފާތު ދެ ބައްޔެވެ. ސީއޯޕީޑީއަކީ އަކީ އެއާފްލޯ ބްލޮކޭޖް އަދި ނޭވާލުމާއި ގުޅުންހުރި މައްސަލަތައް ކުރިމަތިވާ ބަލިތަކެކެވެ. އާންމުގޮތެއްގައި ކުޑައިރު ނުވަތަ ޒުވާން އުމުރުގައި އެސްތުމާ ދެނެގަނެވޭއިރު ސީއޯޕީޑީ އަކީ ހަޔާތުގެ ފަހުކޮޅު ދެނެގަނެވޭ ބައްޔެކެވެ. އަލާމާތްތައް: އާންމުގޮތެއްގައި އެސްތުމާގެ އަލާމާތްތައް ފެންނަނީ ކޮންމެވެސް ކަހަލަ އެލާޖީއެއް މެދުވެރިވެގެންނެވެ. އެހެންނަމަވެސް ސީ.އޯ.ޕީ.ޑީގެ އަލާމާތްތައް އަބަދުވެސް ފެންނަން ހުންނާނެއެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދިއުމުގެ ފުރުސަތު ބޮޑެވެ.

އެސްތުމާ “އެޓޭކް” ތަކުގައި، އެޓޭކް އައުމަށްފަހު ފަރުވާ(އިންހޭލާ ނުވަތަ ބޭސްގުޅަ) ދިނުމާއެކު ރަނގަޅުވެދެއެވެ. އެސްތުމާ އަކީ އުމުރުގެ ވަކި ހިސާބެއްގައި ޖެހިފައި އުމުރުގެ ވަކި ހިސާބެއްގައި މުޅިން ބަލި ރަނގަޅުވުމުގެ ފުރުސަތު އޮވެއެވެ.

ބަރާބަރަށް ގަވާއިދުން ދެވިފައިވާ އިންހޭލާ ބޭނުން ކުރާށެވެ…..ފޮޓޯ:ޝަޓަސްޓޮކް

މިއާ ހިލާފަށް ސީއޯޕީޑީ ގައި “އެޓޭކް” އައުމަށްފަހު ބަލިމީހާ ހަމައެކަނި އިންހޭލާ ނުވަތަ ބޭސް ބޭނުން ކުރުމަކުން ރަނގަޅެއްނުވާނެއެވެ. އެކަމަކު ބަލިމީހާގެ ހާލަތު ގޯސްވުން ގާތެވެ. އަވަސް ފަރުވާ މުހިންމުވެދެއެވެ. އޮކްސިޖަން ދަށްވުމާއި އޮކްސިޖަން ނުހިފަހައްޓައި ދަށަށް ދިއުންފަދަ ކަންތައް ދިމާވުން، އަދި އުމުރާއެކު މިބަލި ދުވަހަކަށްވުރެ ދުވަހެއް ދާނީ ގޯސްވަމުންނެވެ. ދާއިމަށް ނުހަނު ސަމާލުވެ ފަރުވާ ކުރުންމަތީ ދެމިހުންނަން ޖެހެއެވެ.

ނޭވާ ހިއްލުން ނުވަތަ ސީއޯޕީޑީ ހުންނަ މީހުންނަކީ ވަރަށް އާންމުކޮށް ދިގުދެމިގެންދާ ކެއްސުން ހުންނަ ނޭވާ ލުމުގައި އަޑެއް ހުންނަ ރޯގާ ޖެހުން އަވަސް ބައެކެވެ.

ސީއޯޕީޑީގެ ބަލިމީހާ ކުދިކުދި އެލާޖީތަކުންވެސް ރައްކާތެރިވުން މުހިންމެވެ.

އެސްތުމާއަދި ސީއޯޕީޑީގައިވެސް ނޭވާހޮޅި ދުޅަވުމުގެ ސަބަބުން ނޭވާލާން ދަތިވެއެވެ. މިއީ ނޭވާ ކުރުވުން، ނޭވާހާސްވުން، ނޭވާ ލާން ދަތިވެ ހުއްޓުން، ދިމާވާ ސަބަބެވެ. ސީއޯޕީޑީގައި މިކަންތައް ބޮޑެވެ. އެސްތުމާގައި މިހެން ވިނަމަވެސް “އިންހޭލާ” އާއެކު ނޭވާހޮޅި ސާފުވެ ހުޅުވި ނޭވާލާން ފަސޭހަވެގެންދެއެވެ.

ނޭފަތާއި، ނޭފަތުން އެތެރެއަށް ނެގޭ ވައި ފުއްޕާމެއަށް ފޯރުކޮށްދެނީ ރޭވުންތެރި ނިޒާމެއްގެ ތެރެއިން، ނުހަނު ފުރިހަމަކަމާއެކު ނޭވާލާ ހޮޅިތަކުގެ މަސައްކަތުންނެވެ. ޖައްވުގައި ހުންނަ އެތައް ބައިވަރު ޖަރާސީމާއި ހިރަފުހާއި ލޮލަށް ނުފެންނަ އެތައްބައިވަރު ޒައްރާތަކަކާއެކު ނޭފަތުން އެތެރެއަށް ވައިގެންދާ އިރު، ބޭކާރު ޖަރާސީމުތަކާއި ހިރަފުސްފަދަ ހުރިހާ ގެއްލުންދެނިވި ބައިތައް ފުރާނައި ސާފު އޮކްސިޖަން ފުއްޕާމެއަށް ފޮނުވައެވެ.

ނެބިއުލައިޒާރއާއި ނޮން އިންވޭސިވް ވެންޓް މިނީ މެޝިން، އޮކްސިމީޓާރ، އޮކްސިޖަން މިނީ މެޝިން ގޭގައި ގެންގުޅުމަކީ ބުއްދިވެރި ގޮތެކެވެ،……ފޮޓޯ:ޝަޓަސްޓޮކް

މި އޮކްސިޖަން ދަތުރުކުރަނީ ނޯށުން، އަޑުފޮށި ތެރެއިން  ވިންޑްޕައިޕަށެވެ. ވިންޑްޕައިޕް ބެހޭ ދެހޮޅިން ފުއްޕާމެއަށެވެ. މި ހޮޅިތައް ދެން ފެތުރެނީ “ބްރޮންކިއުލައިން” އަށެވެ. މިއީ (ފުއްޕާމޭ ތެރޭގައި އެތަކެއް ގޮފިތަކަކަށް ބެހިގެން ގޮސްފައިވާ ކުދިކުދި ހޮޅިތަކަކަށް ކިޔާ ނަމެކެވެ.) އަދި މި ގޮފިތައް ފުޅާވެ، ބަދަލުވަނީ އެލްވިއޮލައި ކުދިކުދި ބޮކިތަކަކަށެވެ. މި ގޮތަށް އޮކްސިޖަން އެތެރެހަށްޓަށް ގެންގޮސްދޭ އުސޫލުން އިންސާނާގެ އެތެރެހަށީގައި އެކިއެކި މަސައްކަތްތައް ކުރުމުގެ ސަބަބުން އުފެދޭ ބޭކާރު ހަކަތައެއް ކަމަށްވާ ކާބަންޑިއޮކްސައިޑު ހަށިގަނޑުން ބޭރުކޮށްދެއެވެ.

އެކަމަކު ބައެއް ފަހަރު މި ކާބަންޑިއޮކްސައިޑް އެތެރެހަށިން ބޭރުކޮށްލުމުގައި ފެއިލްވެ ފުއްޕާމޭގައި ހަރުލައި، އޮކްސިޖަން ދަށްވެ، “ނިއުމޯނިޔާ” ފަދަ ނުރައްކާތެރި ބަލި ޖެހޭ ގޮތްވެއެވެ.

އެއްވެސް އިންސާނަކު ރޭގަނޑު ގަސްތަކުގެ ހިޔަލުގައި ނިދުމަކީ ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް އެސްތުމާ އަދި ސީއޯޕީޑީ ބަލިމީހުންނަށް މިއީ އާންމު މީހުންނާ ތަފާތުކޮށް ނުރައްކާބޮޑު ކަމެކެވެ. ސަބަބަކީ ރޭގަނޑުގެ ވަގުތުގައި ގަސްތައް އޮކްސިޖަން ދޫނުކުރާނެތީއެވެ. އަދި ކާބަންޑިއޮކްސައިޑް ދޫކުރަމުންދާނެތީއެވެ. އަދި މިއީ އިންސާނުންގެ ހަށިގަނޑަށް ހުރި ބޮޑު ވިހައެއް ކަމަށްވުމެވެ.

ސީއޯޕީޑީގެ ބަލިމީހުންގެ ހާލަތު އެއް ސްޓޭޖުން އަނެއްސްޓޭޖަށް ދަނީ ގޯސްވަމުންނެވެ. އަދި ފަހުގެ ސްޓޭޖްތަކުގައި ވެންޓިލޭޝަން މާސްކް ނުވަތަ ވެންޗޫރާ ގުޅައިގެން އޮކްސިޖަން ދޭން ޖެހޭ ހާލަތަށް ބަލިމީހާ ދެއެވެ. މިހިސާބަށްދާއިރު ނެބިއުލައިޒާރއާއި ނޮން އިންވޭސިވް ވެންޓް މިނީ މެޝިން، އޮކްސިމީޓާރ، އޮކްސިޖަން މިނީ މެޝިން ގޭގައި ގެންގުޅުމަކީ ބުއްދިވެރި ގޮތެކެވެ.

(ކޮންމެއަކަސް މިއީ ފުޅާ މައުޟޫއެކެވެ. ގިނަ ބައިތަކެއް އެބަހުއްޓެވެ. އެސްތުމާ އާއި ސީއޯޕީޑީގެ އަލާމާތްތަކާއި ދެވެން ހުރި ފަރުވާތަކާއި އަދި ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވައި ދެން އަންނަ ބައެއްގައި ހިމަނާލާނަމެވެ.)

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!