ޚަބަރު
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުން މިރޭ ފަތިސްނަމާދަށް ދިއުމަށް އަންގައިފި

މާދަމާ ފާހަގަކުރާ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތިސް ނަމާދު ބޮޑު ޖަމާއާތުގައި ކުރުމަށް މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ މުވައްޒަފުން މިރޭ ފަތިސް ނަމާދަށް ދިޔުމަށް އަންގައިފި އެވެ.

މި ގޮތަށް އަންގައި, ސަރުކާރު އޮފީސްތަކަށާއި، ކުންފުނިތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ސާކިއުލާއެއް ފޮނުވައިފައެވެ.

އެގޮތުން މާދަމާގެ ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ.

މާލޭ ސަރަހައްދުގައި ވެސް ބޮޑު ޖަމާއަތުގައި ތިން މިސްކިތެއްގައި ފަތިސް ނަމާދުކުރާނެއެވެ. އެ މިސްކިތްތަކަކީ:

ކިންގް ސަލްމާން މިސްކިތް/ މާލެ

މަސްޖިދުލް އަލްޘާނީ/ ހުޅުމާލެ

މަސްޖިދުލް ބިއްރު/ ވިލިމާލެ

މީގެ އިތުރުން މާލޭ ސަރަހައްދުގައި ދުވަހާ ގުޅޭ ޚާއްސަ ސުކޫތެއް ވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ސުކޫތު އޮންނާޏީ ސުނާމީގެ ފުރަތަމަ ރާޅު ރާއްޖޭގެ އެންމެ ފުރަތަމަ ރަށަށް އެރިކަމަށް ރެކޯޑުކުރެވިފައިވާ ގަޑިކަމަށްވާ ހެނދުނު 09:23 ގައެވެ.

މިނިސްޓްރީން ވަނީ އެ ވަގުތު ސުކޫތު ގެނައުމަށް ޓަކައި މާލޭ ސަރަހައްދުގައި ހުރި ހުރިހާ ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކާއި، ސްކޫލުތަކާއި ކޮލެޖުތަކުގެ މުވައްޒަފުންނާއި ދަރިވަރުން އެ ވަގުތަށް ތައްޔާރުވުމަށް އެދިފައެވެ. އެގޮތުން 09:00 އިން ފެށިގެން އެ ތައްޔާރީތައް ވުމަށްވަނީ އަންގައިފައެވެ.

އެ ސުކޫތުގެ ކައުންޓްޑައުން މަގުތަކުގައި ހުންނަ ޓީވީތަކާއި، ރޭޑިއޯއާއި ޓީވީ މެދުވެރިކޮށް ގެނެސްދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެއާއެކު މިނިސްޓްރީންވަނީ މި ދުވަސް ފަހަގަކުރުމަށް އިލްތިމާސްކޮށްފައެެވެ. އަދި އެ އިދާރާއަކުން ހިންގާ ކަންކަން ސޯޝަލް މީޑިއާއާއި އެ ނޫން ތަންތަނުގައި ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

މި އަހަރު ސުނާމީ ކާރިސާއަށް ފުރޭނީ 19 އަހަރެވެ. އެ ހިތްދަތި ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!