ޚަބަރު
އޮގަސްޓް 22 ގައި ހުސް 55

ގދ ތިނަދޫ 2 ވަނަ ފަހަރަށް އާބާދު ވާން ފެށިތާ 55 އަހަރު ފުރޭ މުނާސަބަތުގައި ޚާއްޞަ 2 ކުޅިވަރެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އާބާދީ 55 ގެ އެކްސްކޯ ޓީމުން ބުނެފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެކްސްކޯ ޓީމުގެ އޮފިޝަލެއް ކަމުގައިވާ އާރިފް ހުސައިން ވިދާޅުވީ “އާބާދީ 55 ” ފަަގަގަ ކުރަން ފެށުމަށް ފިރިހެނުންގެ ޚާއްޞަ ފުޓްބޯޅަ މެޗަކާއި އަންހެނުންގެ ތިންމުގޯލި (ބަޅެނޮންޓާ) މެޗެއް މިމަހުގެ 21 ވަނަ ދުވަހު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައިކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ތިނަދޫ ރަސްމީ ބޯޅަދަނޑު ގައި އޮންނަ މި 2 ކުޅިވަރުގައި ބައިވެރިވާ ޓީމު ތަކުގައި ހިމެނެނީ 55 ބައިވެރިން ކަމަށާއި ކޮންމެ މެޗެއްގެ ދިގުމިނަކީ 55 މިނެޓު ކަމަށެވެ. އަދި މޮޅުވާ ކޮންމެ ޓީއަކަށް އިނާމެއްގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 55 ރުފިޔާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮގަސްޓް 22 އަށް ތިނަދޫ ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން ތިނަދޫ މިއުޒިއަމް ޕާކް އަލުން ހުޅުވުމާއި 2 ވަނަ އާބާދީ ރަމްޒު ކޮށްދޭ ތަމްސީލެއް ކުޅުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާނަ ފަހާފައިވަނީ 1962 ވަނަ އަހަރު ތިނަދޫ ފަޅު ކުރުމަށް ފަހު އަލުން އާބާދު ވުމަށް 1 ޖެނުއަރީ 1966 ގައި ސަރުކާރުން ހުޅުވާލި ފުރުސަތު ގައި 22 އޮގަސްޓް 1966 ގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!