ޚަބަރު
ހިޔާޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ އެގްރީމެންޓް ވަރަށް އަވަހަށް ހަދާނެ: ރައީސް
ހުޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ވަރަށް އަވަހަށް ބަޔަކާ އެކު އެގްރީމަންޓް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ކެމްޕެއިން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރުކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުއްވާފައިވާނެ ކަމަށް ފަހުން ވިދާޅުވި އެވެ.
ހިޔާ އަވަށުގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެެ އަވަށަށް ވެވަޑައިގެންނެވި ވައުދުތައް ހަނދުފުޅުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.  އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ނިންމުންތައް ނިންމާ އެގްރީމަންޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ.  އަދި ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ. އާބަންކޯ އިން ވެސް މީގެ ދެ ހަފްތާ ކުރީން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ބުނެފައެވެ.
ރައީސް މިއަދު ވިދާޅުވީ ހިޔާ އަވަށަށް އެމަނިކުފާނު ވެވަޑައިގެންނެވި އެހެން ހުރިހާ ވައުދުތަކެއް ވެސް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!