ޚަބަރު
އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖަށްދާ ދިވެހިންގެ އިސް ޝެއިހަކަށް، ޝޭޚް އާދަމް ޝަމީމް

އަންނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ހައްޖަށްދާ ދިވެހިންގެ އިސް ޝެއިހަކަށް ދީނީ އިލްމުވެރިޔާ އާދަމް ޝަމީމް ހަމަޖައްސައިފިއެވެ.

“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

އާދަމް ޝަމީމަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު އެއް ދީނީ އިލްމުވެރިއެކެވެ. އޭނާއަކީ ވަރަށް އަސަރުގަދަ ދީނީ ދަރުސްތަކެއް އަބަދުވެސް ދެއްވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަބަދުވެސް އޭނާ ދަރުސްތައް ދެއްވައެވެ. ޝަމީމަކީ ހަދީޘާއި އިސްލާމީ ތައުލީމުގެ ރޮނގުން މަތީ ތައުލީމް ވެސް ހާސިލް ކުރައްވާފައިވާ ޝެއިހެކެވެ.

ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގައި، ރާއްޖެއިން ފުރާ މީހުންނާއެކު އަމީރުލް ހައްޖުގެ ގޮތުގައި ދައުލަތުގެ އިސް ބޭފުޅަކު ވެސް ވަޑައިގަންނަވައެވެ. މި އަހަރުގެ ހައްޖުގައި، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަންނަ އަހަރުން ފެށިގެން ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ މިހާރު ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން އިތުރު ކޯޓާ ލިބޭ ނަމަ، އެހެން ޖަމާއަތްތަކަށް އެ ކޯޓާ ދިނުމުގެ ވިސްނުން ހުރި ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!