ޚަބަރު
މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަސްވެރިކަން ތަރައްގީކުރުމަށް ހާއްސަ ކޮލެޖެއް ގާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ސަރުކާރުގެ ހަފްތާ-14 ގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އަހުމަދު ޝިޔާމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރު ޑރ. ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސޯދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މަސްވެރިކަމުގެ ތަމްރީނުދޭ ކޮލެޖް ވެގެންދާނީ އެކަމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.

“ހަމައެކަނި މަސްވެރިކަން ރެގިއުލޭޓްކޮށް، މަސްވެރިކަމުގެ ހަރަކާތްތައް ސްޕަވައިޒްކުރަން އޮންނަ މުވައްސަސާއެއްގެ ބޮޑަށް މި ސިނާއަތުގައި ހުރި ފުރުސަތުތަކާއި މި ސިނާއަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ހޯދޭނެ މަންފާ އެކްސްޕްލޯރ ކުރަން އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ތަމްރީނާއި ތައުލީމް ދެވޭނެ ޕްލެޓްފޯމެއް ގާއިމްވެގެންދާއިރު އަޅުގަނޑުމެން މިދަންނަވާ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮށޭނެ ވަރަށް ބޮޑު މަގަކަށް ވެގެންދާނެ.” ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖުން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އެ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!