ޚަބަރު
ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ ޢާންމުންނަށް ލާއިންސާނީ އަނިޔާކުރާ ވީޑިއޯއަށް ބޮޑެތި ފާޑުކިއުން

ޔަހޫދީ އިސްތިޢުމާރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ ގިނަ ބަޔަކު ބަރަހަނާ ޙާލުގައި އަތް ފައި ބަނދެ މަގުމަތިކޮށްފައި ތިބި ފޮޓޯތަކަކާއި ވީޑިއޯތަކެއް ޢާންމުވެއްޖެއެވެ. ޔަހޫދީން ވަނީ ކުޑަކުދިންނާއި މުސްކުޅިން ވެސް ހިމެނޭހެން މަގުމައްޗަށް ނެރުނު މީހުންނަށް އިތުރު ލާއިންސާނީ އަނިޔާތަކެއް ވެސް ކޮށްފައެވެ.

ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޓޭންކުތަކާއެކު ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ބަޑި ދިއްކޮށްގެން ތިބެ، އެ މީހުން އަތް މައްޗަށް ނަންގުވައި ސަފަކަށްވާ ގޮތަށް ބައިތިއްބައިފައެވެ. ވީޑިއޯ ނިމެނީ ފޮތިގަނޑަކަށްލައި އޮޅައިލައިފައި އޮތް ކުޑަކުއްޖަކު އުރައިގެން ހުންނަ ޔަހޫދީ ސިފައިންގެ މީހަކު ފެންނަ މަންޒަރަކުންނެވެ. އެ ވިޑިއޯ ނަގަފައިފައި ވަނީ ޔަހޫދީ ނޫސްވެރިއެކެވެ.

ފަލަސްޠީނު ރައްޔިތުން އެ ގޮތަށް މަގުމައްޗަށް ނެރެ، އެތައް އަނިޔާވެރި އަމަލެއް އެ މީހުންނާ ދެކޮޅަށް ޔަހޫދީ އަސްކަރިއްޔާއިން ހިންގަމުންދާ ކަމަށް ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓައިން ވެސް ބުނެފައިވެއެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން އެކަން އެ ގޮތަށް ކުރާ ކަމުގެ ހެކި ވެސް ހޯދައިފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ޔަހޫދީ ފައުޖުތަކުން މި މަހުގެ ކުރީކޮޅު ވެސް ވަނީ ފަލަސްޠީނުގެ ގިނަ ރައްޔިތުން ތަކެއް ބަރަހަނާ ހާލުގައި އަތް ފައި ބަނދެ، ލޮލަށް ވެސް ނުފެންނަ ހެން ކޮން ތަނެއް ކަން ނޭނގޭ ތަނަކަށް އެ މީހުން ގެންގޮސްފައެވެ. އަދި ޔަހޫދީންގެ ޢަމުރަށް ނުކިޔަމަންތެރިވެގެން އެ މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 21،915 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު 54،918 ވަނީ އިތުރުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!