ޚަބަރު
ރަތަފަންދޫ މީހެއްގެ ބަނޑަށްތޮޅިއެއް ހެރިގެން ފަރުވާދޭން ފަށައިފި

ގދ.ރަތަފަންދޫ މީހެއްގެ ބަނޑަށް ތޮޅިއެއް ހެރިގެން ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ރަތަފަންދޫ ކައުންސިލުގެ ރައީސް ވިދާޅުވީ 16 އޮގަސްޓް 2021 ވީ ހޯމަދުވަހުގެ ރޭ 19:30 އެހާކަންހާއިރު ލަނޑާނަގަން މޫދަށް އެރި އުޅުނު މީހެއްގެ ބަނޑަށް ތޮޅިއެއް ހެރިފައިވާކަމަށާއި، އެތޮޅި ބަނޑަށް ހެރިފައި ހުރީ ކިހާ ފުންމިނަކަށްތޯ ބެލުމަށް އޭނާ މިހާރު ތިނަދޫ އަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ބަލިމީހާ ތިނަދޫއަށް ފޮނުވާލެވުނުއިރު ބަލިމީހާގެ ހާލު އެހާސީރިޔަސް ނޫންކަމަށް އެރަށު ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ބަލިމީހާއަށް މިހާރުދަނީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މަސްވެރިކަމުގައި ތެރޭގައި ހާއްސަކޮށް ލަނޑާ ނެގުމާއި ޑައިވްކުރުމުގައި އުޅޭއިރު މޫދުގައި ދިރިއުޅޭ މަސްމަހާމެހި އިންސާނުންނަށް ހަމަލާދީ ހަދައެވެ. އެގޮތުން މޫދުގައި އުޅޭއިރު މީހުންގެ ގަޔަށް ތޮޅިހެރުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތޮޅި ފުންމައިގެން އަންނަ ބާރުމިނުގައި މީހެއްގެ ގަޔަށް ހެރިއްޖެނަމަ ބައެއްފަހަރު ފުރާނަޔަށް ނުރައްކާވާ ހިސާބަށްވެސްދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!