ޚަބަރު
ފޭސް ދޭކާއި ފޭސް ތިނެއް ނުވަތަ ގުޅީފަޅުން ވިޔަސް, ދީފައިވާ ގޯތިތައް ފުށިދިއްގަރަށް ބަދަލެއް ނުކުރާނެ: ޝަހީބު

ފޭސް ދޭކާއި ފޭސް ތިނެއް ނުވަތަ ގުޅީފަޅުން ވިޔަސް ދީފައިވާ ގޯތިތައް ފުށިދިއްގަރު ނުވަތަ ރަސްމާލެއަށް ބަދަލު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫސްވެރިއަކު، “ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލޭގެ ފޭސްއެކަކާއި ފޭސް ދޭކުން ލިބިފައިވާ ގޯތިތައް ރަސްމާލެއަށް ބަދަލުކުރާ ވާހަކައަކީ ގިނަ މީހުންގެ ކަންބޮޑުވުމެއް ކަމަށާއި އެހެންވަނީ އެތައް ބަޔަކަށް އަދި ރަޖިސްޓްރީ ހަވާލުކޮށްފައި ނުވާތީ ކަމަށާއި މިކަންކަމަށް ސީދާ ޔަގީން ޖަވާބެއް ދެއްވުމަށް” އެދުމުން ޝަހީބު ވިދާޅުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ބިމެއް ފުށިދިއްގަރު ތަރައްގީކޮށްގެން ހަދާ ރަސްމާލެއަކަށް ބަދަލެއް ނުކުރާނެ ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ، އެއްވެސް ބަޔަކަށް ލިބިފައިވާ ގޯއްޗެއް ނުވތަ ފުލެޓެއް ވިޔަސް އެހެން ތަނަކަށް ބަދަލުކޮށް އަތުލައްވައި ނުހައްދަވާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރަށް ބިން ލިބޭނެ ގޮތްތައް ހޯއްދެވުމަށް ގުޅީފަޅުންވެސް އިތުރަށް ބިން ހިއްކުމަށް ގަސްތު  ކުރައްވާ ވާހަކަ ކަމަށް ތަރުޖަމާނު ޝަހީބު ވިދާޅުވިއެވެ.

އެއްވެސް ބަޔަކަށް ލިބިފައިވާ އެއްވެސް ގޯއްޗެއް ނުވަޔަ ފުލެޓެއް ވިޔަސް އަތުނުލައްވާނެކަމަށާއި އެމީހަކަށް ލިބިފައިވާ ތަނަކުން އެބިން އެހެންތަނަކަށް ބަދަލު ނުކުރާނެކަމަށާއި އަދި މިހާރު ރަޖިސްޓްރީ ލިބިފައިނުވާ ފަރާތްތަކުގެ ކަންތައްތައް ވަރަށް ކައިރި މުސްތަގްބަލެއްގައި ނިމިގެންދާނެކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މި ބައްދަލުވުމުގައި ސަރުކާރާ ދެކޮޅަށް ފެތުރެމުންދާ ބައެއް ވާހަކަތަކުގެ ތެދުދޮގުވެސް ވަނީ ހާމަކޮށްދެއްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!