ޚަބަރު
އާ އަހަރު ފާހަގަކުރުމަށް”ދިވެހީންގެ ރާއްޖެ ފެސްޓިވަލް“އެއް ބާއްވަނީ

އާ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ޔޫތު މިނިސްޓްރީއިން އިންތިޒާމްކޮށްގެން ދިވެހީންނަށް ޚާއްޞަކޮށް ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ބާއްވަން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މި ފެސްޓިވަލްތެރޭގައި މިއުޒިކް ޝޯ އަކާއި، ލޭޒާ ޝޯއެއްވެސް ހިމެނިގެންދާނެ ކަމަށެވެ. އަދި ދިވެހި އާޓިސްޓުންނާއި އެކި ހުނަރުތަކުގެ ފަންނާނުން ހުށަހެޅުންތައް މި ފެސްޓިވަލުގައި ފެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަސްވާޑު ވިދާޅުވީ ކޮންމެ އަހަރަކުވެސް އާ އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ބާއްވާކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އާ އަހަރު ފެށުމުގެ ގޮތުން ބާއްވަނީ ފެސްޓިވަލެއް ކަމަށެވެ. އަދި މި ފެސްޓިވަލް ޚާއްޞަވަނީ ދިވެހީންނަށް ކަން ފާހަގަކުރެއްވިއެވެ.

”އާންމު ގޮތެއްގައި ބޭއްވިގެން މިދަނީ ނިއު އިޔާ ޝޯއެއް، އެހެންނަމަވެސް އަޅުގަނޑުމެން އޭގެ ބަދަލުގައި މިފަހަރު މިދަނީ ފެސްޓިވަލްއެއްގެ ގޮތުގައި. މިގޮތުން އަޅުގަނޑުމެންގެ ފެސްޓިވަލްގެ ނަމަކީ ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“

މީގެއިތުރުން މިމަހު 31 ވަނަ ދުވަހުގެ ހަވީރު ކުޑަކުދިންގެ އާއިލީ ހަވީރެއް އޮންނާނެ ކަމަށް އަސްވާޑު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ އަހަރު ނިމުން ފާހަގަކުރުމަށް އެންމެ ފުރަތަމަ ސަރުކާރުން ކުރަން ނިންމާފައިވާ ކަމަކީ ކުޑަކުދިންގެ އާއިލީ ހަވީރު ކަމަށާއި އޭގެ ފަހުން ލޭޒާ ޝޯ އާއި ހަވާއެރުމުން ފެސްޓިވަލް ފެށިގެންދާނެ ކަމަށެވެ.

މީގެ ކުރީގައި އާ އަހަރުގެ މިއުޒިކް ޝޯ ބާއްވާއިރު ބޭރުގެ ފަންނާނުން ގެނެސް ޝޯ ދިންނަމަވެސް މި ސަރުކާރުގެ ފުރަތަމަ ފެސްޓިވަލްގައި ފުރުޞަތު ދެވޭނީ ދިވެހިންނަށް އެކަނި ކަމަށް މިނިސްޓަރ އަސްވާޑް ވިދާޅުވެފައި ވެއެވެ.

ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 ކުޑަކުދިންގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑުގެ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ފެސްޓިވަލްއަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ދަޢުވަތުދީފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!