ޚަބަރު
ސްކޫލް ބަންދާ ގުޅިގެން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް މެރިން ޕޮލިހުން ފަށައިފި

ސްކޫލު ބަންދު އަދި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

ފުލުހުން ބުނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މި ހަރަކާތުގައި  މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ރައްޔިތުން ހަވާލުކުރާ މުދާ ރައްކާތެރިކަމާއެކު އެތަކެތި ގެންދަންޖެހޭ މަންޒިލާހަމައަށް ގެންދިއުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުން ކޮންމެހެން މުހިއްމުކަންވެސް މި ހަރަކާތުގެ ތެރެއިން ފާހަގަކޮށް، އުޅަނދުތަކަށް ޕަސެންޖަރުން އަރުވާފައިވަނީ އެކަށީގެންވާ އަދަދަކަށްތޯވެސް މި ހަރަކާތުގެ ތެރެއިން ބަލަމުން ދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އޮޑިދޯނިފަހަރާއި ބޯޓުތަކަށް މުދާ ބަރުކޮށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރަމުންގެންދާނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!