ޚަބަރު
އިނގިލި ބުރިކޮށްލިޔަސް ސަރުކާރާ ދެކޮޅަށް ވޯޓު ނުދެއްވާނެ މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އެމަނިކުފާނު ވަކިކުރަން އެމްޑީޕީން ނަގަން ތައްޔާރުވަމުންދާ ވޯޓުގައި، އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ މަޖިލިސް މެންބަރުން އެ ޕާޓީގައި އެބަތިއްބެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި “ފެށުން” ޖަލްސާގައި، އެމްޑީޕީ ދޫކުރައްވައި ކޮންގުރެސް ޕާޓީއާ ގުޅިވަޑައިގެންނެވި 13 މަޖިލިސް މެންބަރުންގެ މެންބާޝިޕު ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ތަޤުރީރުގައި ރައީސްވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އޭގެ އިތުރަށް ރައީސް ވިދާޅުވެފައިވަނީ އެ މެންބަރުން ދެއްކެވި ހިތްވަރާއި އިޚުލާސްތެރިކަމުން ހިތްވަރު ލިބިވަޑައިގެން އިތުރު މަޖިލިސް މެންބަރުން އެމަނިކުފާނުގެ އިއްތިހާދާ ގުޅިވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

“އަޅުގަނޑު ޔަގީންކުރަނީ ތިޔަ ބޭފުޅުން ތިނިންމެވި ނިންމެވުމާ އެކީގައި ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެންބަރުން މިސަފަށް، ޤައުމީ ސަފަށް އަރުއްވާނެ ކަމުގައި. އެކަމުގެ އުންމީދުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކި ސަބަބުތަކާހުރެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވަކިވެވަޑައިނުގެން ތިއްބެވި ބައެއް މެންބަރުން ޤައުމީ މަސްލަހަތު އިސްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުންދިނުމާއި އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގައި އެބޭފުޅުން އެމްޑީޕީން އެދޭ ގޮތަށް އަމަލުނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތްކަމަށް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!