ޚަބަރު
ރާއްޖެ ފަދަ ގައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން އަފްގާނިސްތާނަށް ވަރަށް މުހިންމު: ޑރ. ޝަހީމް

އަފްގާނިސްތާނުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ގާއިމުކުރުމުގައި ދިވެހިރާއްޖެ ފަދަ ގައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމު ވާނެ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަފްގާނިސްތާނުގެ ރައްޔިތުންނަށް ބައިނަލް އަގުވާމީ މުޖުތަމައާއި ހާއްސަކޮށް އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް ވިދާޅުވެ ޑރ. ޝަހީމްގެ އެމަނިކުފާނުގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ އަފްގާނިސްތާނަކީ މުސްލިމު ޤައުމެއް ކަމަށާއި ލޭ އޮހޮރުވުން ހުއްޓި އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމާއި އެކު އުޅުމުގެ ހައްގު އޮންނަން ޖެހޭ ކަމަށެވެ.

އަފްގާނިސްތާނުގައި ކުރި ހަނގުރާމަ ތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން އެތައް ވޭނަކާއި ހިތާމައެއް ތަހައްމަލު ކޮށްފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ބައިނަލް އަގުވާމީ މުޖުތަމައާއި ޚާއްސަކޮށް އިސްލާމީ އުންމަތުގެ މައްޗަށް އޮތް މަސްއޫލިއްޔަތަކީ ސުލްހަވެރިކަމާއި ހަމަޖެހުމާއި އަމާންކަމާއި އެކު އުޅެވޭނެ މުޖުތަމައަކާއި ޒަމާނީ ދައުލަތެއް ގާއިމު ކުރުމުގައި އެގައުމުގެ ރައްޔިތުނަށް އެހީތެރިވުން ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ އަފްގާނިސްތާނުން އިންސާނިއްޔަތަށް ލިބުނު ފިލާވަޅަކީ އިސްތިއުމާރީ އަސްކަރީ ބާރުތަކުން އެއްވެސް ގައުމެއް އަޅުވެތި ނުކުރެވޭނެކަމާއި ކިތައްމެ ދިގުލައި ދިޔަސް އިސްތިއުމާރީ ބާރުތައް ގައުމުތަކުން ނިކުންނަންޖެހޭނެކަމާއި އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ވިއްކާލައި ދީނަށް ޚިޔާނަތްތެރިވެ ބޭރު މީހުންގެ އުންމީދުތަކާ އެއްގޮތަށް ގައުމުގެ މިސްރާބު ހިފާ ކޮންމެ ފަރާތްތަކަށް އޮތީ ނާކާމިޔާބު ކަމަށެވެ.

ޑރ. ޝަހީމަކީ ބައިނަލް އަގުވާމީ މަސްރަހުގައި ހިނގާ ކަންކަމާއި އަދި ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކުގެ ކަންކަން ހިނގާ ގޮތް ދިރާސާކުރައްވާ އެކަންކަމަށް ހައްގު ބަސް ވިދާޅުވުމުގައި ފާހަގަ ކޮށްލަވޭ އިލްމުވެރިއެކެވެ.

އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުން ހަނގުރާމަ ކުރަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ. ތާލިބާނުން މިހާރުވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ވުޒާރާތަކާއި ސިފައިންނާއި ފުލުހުންގެ މައިމަރުކަޒުތަކާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް މިހާރު ވަނީ ތާލިބާން ހަނގުރާމަވެރިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އަދި ކާބުލްއަށް ވަދެގަތުމުގެ ކުރިން ތާލިބާނުންވަނީ އަފްގާނިސްތާނުގެ 30 އަށްވުރެ ގިނަ ސްޓޭޓް އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!