ޚަބަރު
“މަދިރިން ރައްކާ” ގެ ހަރަކާތަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއްޖެ

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ “މަދިރިން ރައްކާ” ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ފެށި މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ތޯރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުއިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް، ކަރެކްޝަނަލް ސާވިސް، އިމިގްރޭޝަން އާއި، ޑީއެންއާރގެ އިތުރުން އެމްޑަބްލިއުއެސްއީން ވެސް ބައިވެރިވެފައިވއެވެ.

މީގެ އިތުރުން މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށާއި ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ  މިހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ގައެވެ.

އަދި އާރބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވިރިވިއެވެ.

ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. އަދި މަދިރި އާލާވާފަދަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައި ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!